ގުޅިފަޅުގައި ކުރިއަށް ގެންދަން ޖެހޭނީ ގެދޮރުވެރިކަމުގެ މަޝްރޫއެއް: މޭޔަރު

ގުޅިފަޅުގައި ކުރިއަށް ގެންދަން ޖެހޭނީ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކަމަށް މާލޭސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށް އެކަން އާއްމުކޮށް އެންގުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އިޝްތިހާރު Below Header ad

މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ އިއްތިފާގުން އެ ކައުންސިލުގެ އިއްތިފާގުން ކަމަށެވެ.

“ރައްޔިތުން މިހާރުގެ ކައުންސިލަށް ވޯޓު ދެއްވީވެސް އެ މެންޑޭޓާއި އެކުގަ. އެހެން ކަމުން އެކަމާއި ގުޅޭގޮތުން ރައީސް ސޯލިހް އާއި ބައްދަލުކޮށް ރައްޔިތުންގެ ފަރާތުން އެކަން ހުށަހަޅާނަން.” ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގުޅިފަޅުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި އެއްވެސް އޮޕްޝަނެއް ދޫކޮށް ނުލައްވާނެ ކަމަށެވެ.

އެކަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މިހާރު ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ގުޅީފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަށް ހިންގުމުގެ މަސައްކަތް ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ކޮށްފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅީފަޅުގައި ފްލެޓުތަކެއް އެޅި ކަމުގައި ވިޔަސް އެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައެއް ނުވެއެވެ.

ހަމައާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގުޅިފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ނިންމި އެވެ.

އެގޮތުން ގުޅިފަޅާއި އެ ސަރަހައްދުން އިތުރު ފަޅެއް ހިއްކައި 18 އަހަރުވާ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނޫނީ ފްލެޓެއް އެ ސަރަހައްދުން ޔާމީންގެ ސަރުކާރުން ނިންމި އެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެ ޕްލޭން ބަދަލުކޮށް ގުޅިފަޅުގައި ޕޯޓެއް ހެދުމަށް ވަނީ ނިންމަވާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.