ޓްރޭސްއެކީ އެޕް ގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުމެއް ނުކުރޭ: މަބްރޫކް
ކޮވިޑް-19 ޖެހިފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަސޭހައަކަށް ހަދާފައިވާ “ޓްރޭސްއެކީ އެޕް” ގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ޓްރޭސްއެކީ އެޕް ގެ ބޭނުން އެންމެއެދެވޭ ގޮތުގައި ހިފޭނީ ގިނަބަޔަކު އެ އެޕްލިކޭޝަން ބޭނުން ކުރުމުން ކަމަށެވެ.
އެހެންނަމަވެސް މި އެޕްލިކޭޝަން ގެ ބޭނުން ގިނަ މީހުން ނުހިފާ ކަމަށާއި އެހެންވުމުން އެ އެޕްލިކޭޝަން ގެ ބޭނުން މިހާރު ބޭނުންނުކުރާ ކަމަށެވެ.
ތެދެއް އަޅުގަނޑުމެން ކުރިން ވަރަށް ދެއްކިން ޓްރޭސްއެކީ އެޕްލިކޭޝަންގެ ވާހަކަ. އެކަމަކު އޭގެ ބޭނުން ގިނަ މީހުން ނުހިފާ. އެހެންވެ، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގައި ވަރަށް ދަތި.” މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މި އެޕްލިކޭޝަން އަޕްޑޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.