އިޒްރޭލުގެ ހަމަލާތައް މޯލްޑިވް ޣައްޒާ ރެސްޓޯރެންޓަށް އަމާޒުވެ، ބިމާ ހަމަވެއްޖެ

އިޒްރާއީލުން، ފަލަސްތީނަށް މިހާރު ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި އިޒްރޭލުގެ ހަމަލާތައް މޯލްޑިވް ޣައްޒާ ރެސްޓޯރެންޓަށް އަމާޒުވެ، ބިމާ ހަމަވެއްޖެ އެވެ.

މި ރެސްޓޯރަންޓަކީ ފަލަސްޠީނުގެ ޣައްޒާގައި ދިވެހިރާއްޖެއަށް ނިޞްބަތްކޮށްގެން ހިންގަމުންދާ ތަނެކެވެ.

އިޝްތިހާރު Below Header ad

ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާގައި ވެސް މަދުވެގެން 3 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

މެޑިޓެރޭނިޔަން ކަނޑަށްވާގޮތަށް ހުންނަ މި ރެސްޓީރަންޓަކީ ތިން ފަންގިފިލައިގެ ތަނެކެވެ.

އިޒްރާއީލުގެ މި ޙަމަލާގައި އެ ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ އިމާރާތްތަކަށް ވެސް ވަނީ ޙަމަލާތައް އަމާޒުވެ، ތަނެއް ބިމާ ހަމަވެފަ އެވެ.

މޯލްޑިވް ޣައްޒާއަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދެވެންއޮންނަ މަދު ތަންތަނުގައި ހިމެނޭ ރެސްޓޯރަންޓެކެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ކުރިޔަށްދާ ހަމަނުޖެހުންތަކުގައި، މިހާތަނަށް ފަލަސްތީނުގެ 192 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، މީގެ ތެރޭގައި 58 ކުޑަކުދިންވެސް ހިމެނެއެވެ. އަދި 1200 އަށްވުރެ ގިނަ މީހުންނަށްވަނީ އަނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.