ފަލަސްތީނަށް ދޭ ޢުދުވާނީ ހަމަލާތައް މަޖިލީހުން ކުށްވެރިކޮށް ބަޔާނެއް ނެރެފި

އިޒުރޭލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ފަލަސްތީނުގެ މުސްލިމުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލަތަށް ކުއްވެރިކޮށް މަޖިލިސް އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އެގައުމުގެ އާންމު ރައްޔިތުންނަށް އިޒްރޭލުން ދެމުން ގެންދާ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓައިލުމަށެވެ.

އިޝްތިހާރު Below Header ad

މަޖިލިސް ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، އެމީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދެމުންދާ ކަމަށާއި އަދި ރޯދަ މަހު އެމީހުން މިސްކިތުގައި އަޅުކަމުގައި ތިއްބައި ދިން ހަމަލާ އަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެއީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ އަމަލެއް ކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބިވެތި ރައްޔިތުންނާ އެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ މަދަދުވެރިވުން މަތީގައި ކަމަށް ވެސް މަޖިލިސް އިދާރާގެ ބަޔާނުގައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ލާއިންސާނީ އަމަލުތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލަ އެއްވެސް ހުށަހަޅާފަ އެވެ. މައްސަލަ އަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް އެ ކަންކަން ހުއްޓާލުމަށް ދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި ދިނުމަށް އެދި ކުއްލި މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.