އައްޑު ސިޓީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

އައްޑު ސިޓީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން ހަތް މީހަކު ހައްޔަރު ކޮށްފައިވާ އިރު، އެ މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫގައި ސަލާމަތީ ބާރުތަކުން މި އޮޕަރޭޝަނެއް ހިންގާފައި މިވަނީ މި މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެވެ. އަދި އެ ހަމަލާއަށް ފަހު، ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް، މާލެ އާއި އަތޮޅު ތެރޭގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.