ޖާނަލިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކެނެޑާއިން ގޮވާލައިފި

ޣައްޒާއަށް ދިން ޙަމަލާތަކުގައި ބައިނަލްއަޤްވާމީ މީޑިއާގެ ފަރާތްތަކުން ބޭނުންކުރަމުން ދިޔަ އިމާރާތަކަށް އިޒްރާއީލުން ޙަމަލާދީ ބިމާއި ހަމަކޮށްލާފައި ވާތީ ކެނެޑާއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރު ކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެކަމަށް ބުނެފިއެވެ. މީގެ އިތުރުން ކެނެޑާއި ބުނެފައި ވަނީ، މިހާރު ކުރިއަށް ގެންދާ ޙަމަލާ ބަދަލުކުރުން ދެފަރާތުން ވެސް މިހާރުން މިހާރަށް ވަގުތުން ހުއްޓާލަން ޖެހޭކަމަށެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު މާކް ގާނޭއް ބުނެފައި ވަނީ، ކެނެޑާއިން އިޒްރާއީލާއި ވެސްޓް ބޭންކް އަދި ޣައްޒާގެ މަސްރަޙު ބަލަމުންދާ ކަމަށާއި އަދި މިހާރުގެ މަސްރަހާއިމެދު ކަންބޮޑުވާ ކަމަށެވެ. ދެފަރާތުން ވެސް މިހާރުން މިހާރަށް ޙަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި، އާންމު ރައްޔިތުންނާއި ރެފިއުޖީން އަދި ނޫސްވެރިންނާއި މީޑީއާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދީ ހިމާޔަތް ދޭން ޖެހޭ ކަމަށްވެސް ގާނޭއެ ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ގާނޭއެ ގެ ޓްވީޓްގައި ނޫސްވެރިންގެ ރައްކާތެރި ކަމަށް ތަކުރާރުކޮށް ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.