ގޯލޯކާ އެޕްލިކޭޝަން އިފްތިތާޙްކޮށްފި

ގޯލޯކާ އެޕްލިކޭޝަން (އެޕް) އިފްތިތާހުކޮށްފިއެވެ.

އަލްގޯ ބްލޮކްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތައާރަފްކުރި މިއެޕްލިކޭޝަނަކީ ދަތުރުކުރާ ބޯޓުތަކުގެ މަޢުލޫމާތު އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން ތަޢާރަފްކުރި މި އެޕްލިކޭޝަނާއި ބެހޭގޮތުން ރާއްޖޭގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މި އެޕްލިކޭޝަނާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށް އެތެރޭގެ ދަތުރުފަތުރާއިބެހޭ އެކަށީގެންވާ މަޢުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

މި އެޕްލިކޭޝަނާއި ބެހޭގޮތުން އަލްގޯ ބްލޮކްސްގެ ސީއީއޯ ޙުސައިން ޝިމާޒު ވިދާޅުވީ މިއީ ހަމައެކަނި ޓިކެޓު ވިއްކާ އެޕްލިކޭޝަނެއް ނޫން ކަމަށެވެ. އަދި މިއީ ބޯޓް މެނޭޖްމެންޓް އެޕްލިކޭޝަނެއް ކަމަށެވެ.

އެގޮތުން އުޅަނދުތައް ބެލެހެއްޓުމާއި ތާވަލްކުރުމާއި މުވައްޒަފުން ބެލެހެއްޓުމާއި ދަތުރުގެ ހިސާބުތައްވެސް ބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯޓް ފަހަރު ގެންގުޅޭ ފަރާތްތަކަށް މި އެޕްލިކޭޝަންގައި މިހާރު ރެޖިސްޓްރީވެވޭނެ ކަމަށާއި ގޯލޯކާގެ ކަސްޓަމަރުންނަށް ޚާއްޞަ އެޕްލިކޭޝަން އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑުކޮށް، ބޭނުން ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ  ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 6 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އާން… ސޭޓުގެ އަންހެނުންގެ ފިރިމީހާގެ ވައިފް ވަރަށް އުފާވާނެ ޓްރާންސްޕޯޓް ކުރިއެރީމާ

    1. ކަލޯ ނެޓުން ރަށަށްދާން ތިއުޅެނީ ވަކި ހިސާބަކަށް ދާތަނުން ރޭންޖު ކެޓީމަޔޯ….. ކާށިދޫ ކަނޑުމެދަށް ވެއްޓޭނީ…. ފުރަތަމަ ރާއްޖޭގެ ނެޓު ކަށަވަރު ކުރަންޖެހޭނީ ތިކަމަށް

  2. ގޯލޯކާ އަކީ ކީއްކުރާ ބައެއް… ޓިކެޓިން ބައެއްތަ.. ލޯންޗު ދަތުރު ކުރާ ބައެއްތަ؟

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.