މާރެސް ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރއަކަށް އެޓޯލް ނިއުސް އާއި އީޓީ

މާރެސް ވޮލީ މުބާރާތުގެ މިއަހަރުގެ މީޑިއާ ޕާޓްނަރއަކަށް އެޓޯލް ނިއުސް އާއި އޭދަފުށި ޓައިމްސް (އީޓީ) ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރގެ ގޮތުގައި މި ދެ އޮންލައިން ހަމަޖެއްސުމުން މި މުބާރާތުގެ އެންމެ ފަހުގެ މަޢުލޫމާތު ވީހާވެސް އެންމެ އަވަހަކަށް ކިޔުންތެރިންނަށް މި ދެ އޮންލައިނުން ފޯރުކޮށްދޭނެއެވެ.

އިޝްތިހާރު Below Header ad

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޜަނުގައިވެސް ބައިވެރިވެފައިވަނީ ގޮއިދޫ، ދަރަވަންދޫ، ކުޑަރިކިލު އަދި މާޅޮސްއެވެ. މާޅޮހު ވޮލީ ކޯޓުގައި ކުރިއަށްދާ މމި މުބާރާތުގެ އަންހެން ޑިވިޜަންގެ މެޗުތައް ހަވީރު 16:00 ގައި ފެށުމަށް ތާވަލުކޮށްފައިވާ އިރު، ފިރިހެން ޑިވިޜަންގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ ރޭގަނޑު 20:30ގައެވެ.

ޗެމްޕިއަން ޓީމުތަކަށް ފަނަރަހާސް ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގާއި ރެޑްވޭވްއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.