ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާ: އެޑިއުކޭޝަން މިނިސްޓަރ

ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ އެއީ ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމާއެކު، ތަރުބަވީ ދަރިންތަކެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ކަމަށެވެ. އަދި މާދަމާ ޤައުމުގެ ތަރައްޤީއާ ޙަވާލުވާނޭ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރ އިތުރަށް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ކުރެއްވުމެއްނެތި، ސްކޫލް މަދަރުސާތަކަކީ ސްކޫލް ޢުމުރުފުރާގެ ހުރިހާ ކުދިންނަށް ހުޅުވާލެވިފައިވާ ފަހި މާހައުލަކަށް ހައްދަވައިގެން، އުނގަންނައިދިނުމާއި އުނގެނުމަކީ މުޙިންމު ކަމެއްކަން ވިސްނަވައިދެއްވައިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

މީގެ ނަތީޖާއަކީ ތަޢުލީމީ ދާއިރާއިން މީގެކުރިން ދުވަހަކުވެސް ޙާސިލުވެފައި ނުވާ އެތައް ކާމިޔާބީތަކެއް ފާއިތުވި 5 އަހަރުގެ ތެރޭގައި ހާސިލްކުރެވިގެން ދިއުން ކަމަށާއި އެއީ އުނގެނިގެން ކަމަށް ވިޔަސް ނުވަތަ ދަރިވަރުންގެ ހުނަރު ދައްކުވައިދީގެން ކަމުގައިވިޔަސް، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދަރިވަރުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގެ މެދު އުޑުގައި ފިޔަ ޖަހަން ފަށާފައި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ތަރުބަވީ ދަރިންތަކެއް އުފެއްދެވުމަށް އެމަނިކުފާނު ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރެއިން ދަރިވަރުންގެ ހުނަރު އޭގެ އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރުމާއި ހުނަރު ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއްވެސް ސްކޫލްތަކުގެ ތެރެއިން ވަނީ ފެށިގެން ގޮސްފައި ކަމަށެވެ.

އޭގެ ތެރެއިން ސްކޫލް މަދަރުސާތަކުގައި ތަޢުލީމު ޙާސިލު ކުރާ ދަރިވަރުންގެ ކިބައިގައި ހުރި ކުޅިވަރުގެ ހުނަރުތައް ފާހަގަކޮށް ހިތްވަރު ދެއްވުމާއި އަދި ކުޅިވަރުގެ ހުނަރު ތަރައްޤީ ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ފުރުޞަތުތަކެއް ހޯއްދަވައިދެއްވާފައި ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.