ޖީ.އެސް.ޓީ ނުދައްކާ ތިން ފަރާތަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޖީ.އެސް.ޓީ ނުދައްކާ ތިން ފަރާތެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މި މަހުގެ 15 ވަނަ ދުވަހު ޙުކުމް ކޮށްފިއެވެ.

އެގޮތުން ޓޮޕް ވަން ޕާރޓްނާސްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 159,444ރ (އެއް ލައްކަ ފަންސާސް ނުވަ ހާސް ހަތަރު ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

އިޝްތިހާރު Below Header ad

މީގެ އުތުރުން ޏ. ފުވައްމުލަކު(ފުނާޑު)/ ސޫރަޖުވިލާ، އަޙުމަދު ލިޔާއުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 331,580ރ (ތިން ލައްކަ ތިރީސް އެއް ހާސް ފަސް ސަތޭކަ އަށްޑިހަ ރުފިޔާ) އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ. އަދި ނ. ވެލިދޫ/ އޮޅުގިރި ޢބްދުﷲ އަލީ ގެ މައްޗަށް ކޮށްފައިވާ ޙުކުމްގައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,353,804.72ރ (އެއް މިލިއަން ތިން ލައްކަ ފަންސާސް ތިން ހާސް އަށް ސަތޭކަ ހަތަރު ރުފިޔާ ހަތްދިހަ ދެ ލާރި) އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ އާއެކު 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.