ވޯލްޑްކަޕް ކޮލިފައިން: ޗެކްރިޕަބްލިކްގެ މައްޗަށް ކުރިހޯދާ ގުރޫޕުގެ އެއްވަނަ މަގާމަށް ޖާމަނީ ޖެހިލައިފި.

 

2018  ވަނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ރޭ ކުޅުނު ދެވަނަ މެޗުން  ޗެކްރިޕަބްލިކްގެ މައްޗަށް ޖާމަނީ ކުރިހޯދައިފިއެވެ.

އިޝްތިހާރު Below Header ad

ރޭ ކުޅުނު މި މެޗުން ޖާމަނީ ޗެކްރިޕަބްލިކްގެ މައްޗަށް ކުރިހޯދާފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

ޖާމަނީގައި ކުޅުނު މި މެޗުގައި، ޖާމަނީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހާ ލީޑުނަގާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ޖާމަނީއަށް ލީޑުނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.

ޖާމަނީން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައޮވެގެންނެވެ.

ފަހުހާފަށް ކުޅެން ނިކުމެ ރަނގަޅަށް ކުޅެ ގިނަ އިރު ބޯޅަހިފަހައްޓައިގެން ކުޅެމުން އައީ ޖާމަނީންނެވެ. އެގޮތުން އެޓީމު ވަނީ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ ފަހުހާފުގެ ވަރަށް ކުރީކޮޅު މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޓޯނީ ކުރޫޒްއެވެ. ޖަރުމަނީން ޖެހި ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ތޯމަސް މުލާއެވެ.

މި މޮޅާއެކީ ޖާމަނީ އޮތީ ގްރޫޕް ސީގެ އެއްވަނައިގައި 6 ޕޮއިންޓާއެކީގައެވެ. ގްރޫޕްގެ ދެވަނައިގައި އޮތް އަޒަރްބައިޖާންއަށް ވެސް 6 ޕޮއިންޓް ލިބިފައިވާއިރު ޖާމަނީއަށް ގުރޫޕުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކީ އޮތީ، ނޮދަން އަޔަލޭންޑެވެ.

ގްރޫޕް ސްޓޭޖުގައި ޖާމަނީ ދެން ބައްދަލުކުރާނީ ނޮދަން އަޔަލޭންޑާއެވެ. އެ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.