އުރީދޫގެ މިއަހަރުގެ ޢާންމު ޖަލްސާ އަންނަ މަހު ބާއްވަނީ.

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ ޢާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

އެކުންފުނިން ބުނީ މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ 6 ވާ އާދީއްތަ ދުވަހުގެ ރޭ 20:30ގައި ކަމަށެވެ. އަދި ޖަލްސާ އޮންނާނީ ހޮޓެލް ޖެން ގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މި ޖަލްސާގައި 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން ވަނީ ހިމަނާފައެވެ. އަދި 2018 ވަނަ އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި 2017 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމާއި ބޯޑު މެމްބަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި ޙިއްޞާދާރުންގެ މަޝްވަރާ އޮންނާނެކަމަށްވެސް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 26 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށާއި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް ލިބޭނީ ކޮންމެ އެޖެންޑާ އައިޓަމަކަށް 1 ވޯޓުކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް “ޕްރީ-ރެޖިސްޓްރޭޝަން ފޯމު” އަދި ޕްރޮކްސީއެއް އައްޔަންކުރައްވާނަމަ “ޕްރޮކްސީ ފޯމު” ފުރުއްވުމަށްފަހު 3 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދޭ ކަމަށާއި ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ “ޕްރޮކްސީ ރީވޮކޭޝަން ފޯމު” ފުރުއްވުމަށްފަހު، 3 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދޭކަމަށް އުރީދޫ އިން ބުނެއެވެ.

ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ. ސަންލީޓުގެ 5 ވަނަ ފަންގފިލާ އިން ނުވަތަ އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބިވައިޑައިގަންނަވާނެ ކަމަށާއި މިފޯމުތައް ހުށަހަޅުއްވާނީވެސް އެކުންފުނީގެ ހެޑް އޮފީހަށް ކަމަށާއި އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ފޮނުއްވުމަށްވެސް އެ ކުންފުނިން އެދެއެވެ.

އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިވައިވާ ދުވަހުގެ (6 މެއި 2018 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ހޮޓެލް ޖެން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށާއި ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓް ހިއްޕަވައިގެން ވަޑައިގެންނެވުމަށް އެކުންފުނިން އެދެއެވެ.

ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވޭނެ ކަމަށާއި އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބެން ހުންނާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.