ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

އެޓޯލް ނިއުސްއަށް މައުލޫމާތް ދެމުން މެޓް އޮފީހުން ބުނީ ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް ޔެލޯއެލާޓް ނެރެފައިވާ ކަމަށެވެ. އަދި އެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މޫސުމާއިބެހޭ ގައުމީ އިދާރާއިން އިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް، ގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރި ނަމަވެސް، ކަނޑު ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުންޏެއެވެ. އާންމުކޮށް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ފާހަގަކުރިއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހު ވެހުނު ވިއްސާރައިގެ ސަބަބުން ހައްދުންމަތީ ބައެއް ރައްތަކުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދަފައިވެއެވެ. އެގޮތުން ގަމާއި ފޮނަދޫއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ވަނީ ފެންވަދެފައެވެ.  އެހެން ކަމުން ފެން ހިއްކުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވާކަމަށްވެސް މައުލޫމާތް ލިބެއެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.