ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 3 މައްސަލަ އާއި ޢާއިލީ 23 މައްސަލަ މިދިޔަމަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފަ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 3 މައްސަލަ އާއި ޢާއިލީ 23 މައްސަލަ މިދިޔަމަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފައި ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 3 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ އިރު، އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައާއި އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ 1 މައްސަލައާއި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލައެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ޢާއިލީ މައްސަލަތަކުގެ 23 މައްސަލައެއް ހިމެނޭ އިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 9 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 8 މައްސަލައާއި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު، އޭގެތެރޭގައި ވައްކަންކުރުމުގެ 6 މައްސަލަ ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 12 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ އިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 5 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ނުވަތަ ސައިބަރ ބުލީންގކުރުމުގެ 3 މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 2 މައްސަލަ، އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލަ ހިމެނޭކަމަށްވެސް ބުންޏެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.