މާރިޗު މަހު 217 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފި

މާރިޗު މަހު 217 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ މާރިޗު މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިއީ މާރިޗު 2018ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 58 އިންސައްތަ ކަމަށެވެ.

އިޝްތިހާރު Below Header ad

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކާއި އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އެގޮތުން ޖިސްމާނީ ހާނީއްކައިގެ 27 މައްސަލައާއި އިހުމާލުވުމުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 23 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 22 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 15 މައްސަލަވެސް ހުށަހަޅާފައިވާ ކަަމަށެވެ.

މީގެއިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލައާއި ކުދިން ދޫކޮށްލާފައި ދިޔުމުގެ 3 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.