ސާފުރާއްޖޭގެ ކެމްޕެއިނާއި ގުޅުންހުރި ކަންތައްތަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ހިންގާ ހަރަކާތްތައް މާކެޓްކުރުމަށް ޕީއެސްއެމްއާ ޙަވާލުކޮށްފި

ސާފުރާއްޖޭގެ ކެމްޕެއިނާއި ގުޅުންހުރި ކަންތައްތަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ހިންގާ ހަރަކާތްތައް މާކެޓްކުރުމަށް ޕީއެސް އެމްއާ ޙަވާލުކޮށްފިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން ހިންގާ މިކަމުގެ ފަހުމުނާމާގައި

އިޝްތިހާރު Below Header ad

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

އެއްއަހަރުދުވަހުގެ މި އެއްބަސްވުމުގެދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުރާ މަސައްކަތްތަކާއި ކުންފުނިން ތަޢާރަފްކޮށްފައިވާ އަދި ތަޢާރަފްކުރާ ޕްރޮޑަކްޓްތައް ރައްޔިތުންނަށް އަންގައިދިނުން ހިމެނެއެވެ. އަދި މިނިސްޓްރީ އަދި ވެމްކޯގެ ދައުރާ އަދި ޒިންމާތަކާއިގުޅޭ ގޮތުން ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ ވަޞީލަތް (ޓީވީ، ރޭޑިއޯ، ޕްރިންޓް، އޮންލައިން މީޑިއަމްތައް) ތަކުގެ ބޭނުން ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ސާފު ރާއްޖެ ކެމްޕެއިންގެ ކަންތައްތަކާއި ވެމްކޯ ގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެފަދަ ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި ސާފު ރާއްޖެ ކެމްޕެއިންގެ ހަރަކާތްތަކާއި ވެމްކޯ އިން ފޮނުވަން ބޭނުންވާ އިޝްތިހާރުތަކާއި އެނައުންސްމަންޓްތައް ހަމަޖެހިފައިވާ އުޞޫލުން ތައްޔާރުކުރުމާއި ޕީއެސް އެމްގެ ޗެނަލްތައް ކަމުގައިވާ ޓީވީއެމް،ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު، ދިވެހި އެފް.އެމް. އަދި އޮންލައިން މީޑިއާއިން ވެމްކޯގެ އިޝްތިހާރުކުރުމާއި ކުންފުންޏަށްބޭނުންވާ ޕަބްލިކް ސާރވިސް އެނައުންސްމަންޓްތައް ގެނެސްދިނުމަށްވެސް މި ފަހުމުނާމައިގާ ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން ޓީވީ އަދި ރޭޑިއޯއިން ސާފުރާއްޖެ ކެމްޕެއިންއާއި ކުނިމަދުކުރުމާއި ބެހޭގޮތުން ރައްޔިޔުން ހޭލުންތެރި ކުރުމަށް ދެފަރާތުން އެއްބަސްވާގޮތެއްގެ މަތިން ޕްރޮގްރާމް އުފެއްދުންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.