މޫފުށި އައިލެންޑް ރިސޯޓްގެ މެނޭޖްމަންޓުން އިސްނަގައިގެން އޯޓިޒަމް އެސޯސިއޭޝަނަށް އެހީތެރިވުމުގެ ގޮތުން ފަންޑްރައިޒިންގ އިވެންޓެއް ބާއްވައިފި

މޫފުށި އައިލެންޑް ރިސޯޓްގެ މެނޭޖްމަންޓުން އިސްނަގައިގެން އޯޓިޒަމް އެސޯސިއޭޝަނަށް އެހީތެރިވުމުގެ ގޮތުން ފަންޑްރައިޒިންގ އިވެންޓެއް ބާއްވައިފިއެވެ.

މި އިވެންޓު ބާއްވާފައިވަނީ އެ ރިސޯޓުގެ އެރިސޯޓުގެ އައުޓްލެޓް މެނޭޖަރ މުޙައްމަދު ލަތީފް އާއި ޖެނެރަލް މެނޭޖަރ ޝާޝާ ޓަޔަސްގެ ސުޕަވައިޒަރ ކަމުގެ ދަށުން މި އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

އިޝްތިހާރު Below Header ad

އެރިސޯޓް ވަށައިގެން ބޭއްވި ދުވުމުގެ ޙަރަކާތަކުން ފެށިގެންދިޔަ މި އިވެންޓުގައި އެރިސޯޓުގެ މުވައްޒަފުންނާއި ރިސޯޓުގައި ތިބި ގިނަ ޢަދަދެއްގެ  ފަތުރުވެރިން ބައިވެރިވެފައިވާ އިރު، މިދުވުމުގެ ޙަރަކާތުގައި އޯޓިޒަމް އަހުލުވެރި ކުރުމުގެ ގޮތުން ތޮތްޕާއި އިސްޓާކީން ވަނީ ބޭނުންކޮށްފައެވެ. އަދި އޯޓިޒަމް ސެންޓަރަށް އެހީތެރިވުމުގެ ގޮތުން ފަންޑްފޮއްޓެއްވެސް ވަނީ ބަހައްޓާފައެވެ.

މި ދުވުމުގެ ޙަރަކާތް ނިމުމަށްފަހު، އޮކްޝަނެއް ބާއްވާފައިވާ އިރު، އޭގެއިން ލިބުނު ފައިސާއާއި މިފަންޑްރައިޒިންގ އިވެންޓުން ފަންޑް ފޮއްޓަށް ލިބުނު ފައިސާ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ވަނީ ޙަވާލުކޮށްފައެވެ.

yyyy

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އެމް.ޑީ އިފްހާމް ޙުސައިން ވިދާޅުވީ މިފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޯޓިޒަމް ސެންޓަރގެ ތެރަޕީތަކާއި އެހެނިހެން ފެސިލިޓީސް ކުރިއަރުވަން ކަމަށެވެ.

އޯޓިޒަމް އެވެއަރނަސް ކުރުމަށް މިމަހުގައި މިފަދަ އިވެންޓެއް މޫފުށި އައިލެންޑް ރިސޯޓުން އިސްނަންގައިގެން ބޭއްވިކަމަށްޓަކައި މޫފުށި އައިލެންޑް ރިސޯޓްގެ ހީވާގި މެނޭޖްމަންޓަށާއި އެތަނުގެ ހުރިހާ މުވައްޒަފުންނަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގެ ފަރާތުން ވަނީ ޝުކުރުދަންނަވާފައެވެ.

rrr

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.