އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ގދ.އަތޮޅުގެ ހުރިހައި ރަށެއްގައި ސެޝަންތަކެއް ހިންގައިފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން ގދ.އަތޮޅުގެ ހުރިހައި ރަށެއްގެ ޖުމުލަ 983 ކުދިންނަށް، “އަހަން” ކެމްޕޭންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ.

3 ފިޔަވައްސަކަށް ބަހައިލައިގެން އިންތިޒާމުކުރި މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ 4ން 8އާ ދެމެދުގެ ގްރޭޑްތަކުގެ ކިޔަވާ ކުދިންނަށް އަމާޒުކޮށްގެންނެވެ. މި ގޮތުން ފުރަތަމަ ފިޔަވަހި ހިންގައިފައިވަނީ 2017 އޮގަސްޓު މަހުގެ 1އިން 3އަށް ތިނަދޫގައެވެ. މި ފިޔަވަހީގައި ޖުމުލަ 433 ކުދިން ބައިވެރިވެފައިވެއެވެ. ދެވަނަ ފިޔަވަހި ހިންގައިފައިވަނީ 2017 ސެޕްޓެންބަރު މަހުގެ 26އިން 28އަށް ހޯޑެއްދޫ، މަޑަވެލި، ނަޑެއްލާ އަދި ރަތަފަންދޫގައެވެ. މި ފިޔަވަހީގައި ޖުމުލަ 267 ކުދިން ބައިވެރިވެފައިވެއެވެ. މި މަހުގެ 3އިން 5އަށް ތިންވަނަ ފިޔަވަހި ހިންގައިފައިވާއިރު، މި ފިޔަވަހީގައި ފިޔޯރީ، ވާދޫ، ގައްދޫ އަދި ފަރެސްމާތޮޑާގެ 283 ކުދިން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު Below Header ad

މި ސެޝަންތަކުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ރައްކައުތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތާއި، މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.

މި ސެޝަންތަކަކީ މިނިސްޓްރީން ކުރިއަށްގެންދާ “އަހަން” ކެމްޕޭންގެ ދަށުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މިނިސްޓްރީއަށް ކޮންމެ މަހަކު ރިޕޯޓުކޮށް އެޓެންޑްކުރާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަމުން، 2015ވަނަ އަހަރު މިނިސްޓްރީން އިފުތިތާހުކުރި “އަހަން” ކެމްޕޭން އަމާޒުކުރެވިފައިވަނީ މި ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށެވެ. މި ކެމްޕޭންގެ ދަށުން މ.އަތޮޅުގެ ހުރިހައި ރަށަކާއި ހދ.ކުޅުދުއްފުށީގައި ވަނީ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.