އިޒްރާއިލުން 17 މީހުން ޝަހީދު ކޮށްލިފަހުން ހަފްތާއެއްވެސް ނުވަނީސް އިތުރު ޒުވާނަކު ޝަހީދު ކޮށްލައިފި

ފަލަސްތީނުގެ ޣާޒާ ބޯޑަރު ކައިރީގައި އަންގާރަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި އިޒްރާއީލުން ދިން ބަޑީގެ ޙަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ވެއްޖެ ކަމަށް އެ ޤައުމުގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާރޗް މަހުގެ 30 ވީ ހުކުރު ދުވަހު ބިމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަށާފައިވާ މި އެއްވުންތަކުގައި ހުކުރު ދުވަހުވެސް އިޒްރާއީލުން ވަނީ ފަލަސްތީނުގެ 17 މީހަކު ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.

އިޝްތިހާރު Below Header ad

ފަލަސްތީނުގެ ސިއްޙަތާއިބެހޭ ވުޒާރާއިން ބުނާ ގޮތުގައި އަންގާރަ ދުވަހު ޝަހީދު ކޮށްލާފައި ވަނީ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމުގައިވާ އަޙްމަދު ޢަރަފާއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ މެޔަށް ބަޑި ޖަހައެވެ.

މި ހަމަލާއާއި ބެހޭގޮތުން އިޒްރާއީލުހެ އަސްކަރިއްޔާއިން ބުނެފައި ވަނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، މިވަގުތަށް އެ ހަމަލާއާއި ބެހޭ ގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ހުކުރު ދުވަހުގެ ހަމަނުޖެހުމުގައި 17 މީހުން ޝަހީދު ކޮށްލި ފަހުން ހަފްތާއެއްވެސް ނުވަނީސް މިވަނީ އިތުރު މީހަކު ޝަހީދު ކޮށްލާފައެވެ. 2014 ވަނަ އަހަރު ޙަމާސްއިން ބޭއްވި އެއްވުމެއްގައި އިޒްރާއީލުން އެއްވުމުގެ ބައިވެރިންނަށް ދިން ޙަމަލާއަށް ފަހު، 30 މާރޗް ވީ ހުކުރު ދުވަހުގެ މި ހަމަލާއަކީ  އެންމެ ބިރުވެރި ހަމަލާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

2014 ގެ ހަރަކާތައް ފަހު ފަލަސްތީނުން ދަނީ މެދުނުކެނޑި ހަރަކާތްތައް ބާއްވަމުން، އަދި މި ހަފްތާގެ ހުކުރު ދުވަހު ވެސް އެތައް ހާސް ބައެއް މަގުތައް މައްޗަށް ނިކުންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެއްވުންތައް ހުއްޓުވުމަށާއި މިފަދަ އެއްވުންތައް ރޫޅާލުމަށް އިޒްރާއީލް އަސްކަރިއްޔާއިން އަސްލު ވަޒަން ބޭނުން ކޮށްފައި ވާތީ ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި ޖަމާޢަތްތަކުނެ ދަނީ އެކަން ކުއްވެރި ކުރަމުން. އަދި އދ ގެ އިސް ވެރިޔާ އެންޓޯނިއޯ ގުޓަރޭޒްއާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވެސް ގޮވާލާފައެވެ.

އެހެންނަމަވެސް އަންގާރަ ދުވަހު އިޒްރާއީލްގެ ދިފާއީ ވުޒާރާގެ މިނިސްޓަރ އަވިގޯރް ލީބަރމަން ވަނީ ގާޒާ – އިޒްރާއީލް ބޯޑަރުގެ ފެންސް ކައިރިއަށް އަންނަ މީހުން އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ފަލަސްތީނުން ބުނާ ގޮތުގައި އިޒްރާއީލުން ހަމަލާ ދޭން ޖެހޭ ވަރުގެ ނުރައްކަލެއް ފަލަސްތީނުގެ ފަރާތުން ކުރިމައްޗެއް ނުކުރުވައެވެ.

ހުކުރު ދުވަހުގެ މި ހަމަލާއާއި ބެހޭގޮތުން އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމުގައިވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައި ވަނީ، އެ ހަމަލާއަކީ ދުރާލާ ރާވައިގެން ގަވާއިދާ ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށާއި، ހަމަލާ ދިން އިރު އެއްވުމުގެ ބައިވެރިންގެ ކިބައިން އިޒްރާއީލުގެ ސިފައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތި ވެފައި ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.