އެމް ވީ ޓީވީގެ މަދަޙަ އަދި ޤުރްއާން މުބާރާތް މިއަހަރުވެސް..

އެމްވީ ޓީވީއިން ބާއްވަމުން އަންނަ މަދަޙަ އަދި ޤްރްއާން މުބާރާތް މިއަހަރުވެސް ބޭއްވުމަށް ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މި މުބާރާތާބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްވީޓީވީ އިން ބުނީ މި މުބާރާތުގައި އެކި ޢުމުރުފުރައިގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެއްވަނައަށް ދާ ދަރިވަރަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ބުނީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ވަނަ ވަނައަށް ދާ ދަރިވަރުންނަށް އަގުހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފޯމު އެމްވީޓީ އޮފީހުންނާއި އެމްވީޓީގެ ވެބްސައިޓް http://mvtv.mv/DOWNLOADS/ އިން ޑައިންލޯޑް ވެސް ކުރެވޭނެއެވެ.

އެމްވީޓީވީ އިން އިތުރަށް ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 17:30 ހަމަޔަށް އެމްވީޓީވީ އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށާއި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 17:00 ކަމަށެވެ.

އެމްވީޓީވީ އިން ބާއްވަމުން އަންނަ މަދަޙަ އަދި ޤްރްއާން މުބާރާތަކީ ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ މުބާރާތެކެވެ. އަދި އެ މުބާރާތްތަކުގެ ބައިވެރިންގެ ޢަދަދު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.