މާރެސްގެ އަތޮޅު ވޮލީ މުބާރާތް އަންނަ މަހު ފަށަނީ..

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ޖަމިއްޔާއިން ބާއްވަމުން އަންނަ އަތޮޅު ވޮލީބޯޅަ މުބާރާތް އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޓޯލް ނިއުސްއަށް މަޢުލޫޟާތު ދެއްވަމުން މާރެސް ޖަމިއްޔާއިން ބުނީ އެ އަތޮޅުގެ ހުރިހާ ރަށަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަތޮޅުގެ ހުރިހާ ރަށު ކައުންސިލުތަކަށް އެ މުބާރާތުގައި ބައިވެރިވުމުމަށް އެދޭ ފޯމު ފޮނުވާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަންނަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތާއިބެހޭގޮތުން މާރެސް ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތަކީ އަންހެން އަދި ފިރިހެން ޑިވިޝަންވެސް ހިމެނޭގޮތަށް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ މުބާރާތެއް ކަމަށެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމާއެކު އެކުވެރިކަން އާލާކުރުން ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ފައިބެއަހަރު މި މުބާރާތުގައި އެ އަތޮޅުގެ 5 ރަށަކުން ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މާޅޮސް ޓީމާއި ވާދަކޮށް އަތޮޅުގައިވެސް އަދި ރާއްޖޭގައިވެސް ވޮލީގައި ގިނަ ކާމިޔާބީއެއް ހޯދަމުން އަންނަ އެ އަތޮޅު ގޮއިދޫއެވެ.

މިއީ 2016 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގައި މިހާތަނަށް އެޖަމިއްޔާއިން އަންހެންޑިވިޝަންގެ 2 މުބާރާތެއް ބާއްވާފައިވާ އިރު، ވޭތުވެ ދިޔަ އަހަރުތަކުގައި ރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން 9 މުބާރާތެއްވެސް ވަނީ ބާއްވާފައެވެ. މިމުބާރާތްތަކުގައި ޤައުމީޓީމުގެ ގިނަކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިންވެސް ވަނީ ވާދަކޮށްފައެވެ.

މާރެސް ޖަމިއްޔާއިން ބުނީ ނިމިގެން ދިޔަ އަންހެންޑިވިޝަން މުބާރާތުގައި ލިބުނުފަދަ ތަރުޙީބެއް މިމުބާރާތަށްވެސް ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މާރެސް އިން ވަނީ ރަށުފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މިހާތަނަށް 2 ކޯޗިންގ ކޭމްޕް އެރަށުގައި ބާއްވާފައެވެ. މި ކޭމްޕްތަކުގައި އިރުޝާދުދީފައިވަނީ ރާއްޖޭންބޭރުގެ ކޯޗުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.