މިސްރުގެ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ސީސީ ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ދެކޭ

ހޯމަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓު ލުން ފަށާފައިވާ އިރު، ބޮޑު އަޣުލަބިއްޔަތަކުން މިހާރުވެސް ވެރިކަމުގައި ހުންނެވި އަބްދުލް ފައްތާޙް އައްސީސީ މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި އިންތިޚާބުގައި ސީސީއާއި އިދިކޮޅަށް ވާދަ ކުރައްވަނީ ފާޅުގައި ސީސީއަށް ތާޢީދު ކުރައްވާ ކަން އިޢުލާނު ކޮށްފައިވާ އަލް ޣަދު ޕާޓީގެ ލީޑަރު މޫސާ މުސްތަފާ މޫސާއެވެ. މިސްރުގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ދާނީ 26 ން މި މަހުގެ 28 ށެވެ. އަދި 60 މިލިއަންއެއްހާ މީހުން މި އިންތިޚާބުގައި ވޯޓު ލާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިޝްތިހާރު Below Header ad

ވޯޓުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށާއި އަދި ވޯޓު ލާ މީހުންގެ ސަލާމަތައް ވޯޓުލާ މަރުކަތުތައް ކައިރީގައި ފުލުހުންނާއި އަސްކަރިއްޔާއިން ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މަރުކަޒުތައް ކައިރީގައި އަވަސް ފަރުވާ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޯޓުލާ މީހުންގެ ނިސްބަތް ބެލުމަށް 24 ގަޑިއިރު މޮނިޓަރ ކުރަމުން ދާނެ ކަމަށް މިސްރުގެ މިނިސްޓްރީ އޮފް ލޯކަލް ޑިވެލޮޕްމަންޓް އިން ވަނީ ބުނެފައެވެ.

އިންތިޚާބު ބޭއްވުމަށް 2 ދުވަހަށް ވެފައި ވަނިކޮށް މިސްރުގައި ވަނީ ސަލާމަތީ ކަންތައްތައް ބަލަހައްޓާ އެންމެ އިސް ވެރިޔާ ދަތުރުކުރަމުން ދިޔަ ވަފުދަށް ބޮމުގެ ޙަމަލާއެއްދީ ފުލުހުންގެ 2 އޮފިސަރަކު މަރާލާފައެވެ. އެހެންކަމުން މިފަދަ ޙަމަލާއަކުން ރައްކާތެރި ވުމަށް އަސްކަރިއްޔާއިން ދަނީ ފޯރި މަރަމުންނެވެ.

މި އިންތިޚާބުގައި ސީސީއާއި އިދިކޮޅަށް ކެނޑިޑޭޓުން ބައިވެރިވާނެކަން ކުރިން އިޢުލާނު ކުރި ނަމަވެސް، އެކި އެކި ސަބަބުތަކާއި ފިއްތުންތައް ކުރިމަތު ވުމުން އެބޭފުޅުން ވަނީ ނަން އަނބުރާ ގެންދަވާފައެވެ. އަދި އިދިކޮޅަށް ވާދަ ކުރައްވާނެ ބޭފުޅެއް ނެތުމުން އެކަމަށް އަލިއަޅުވާއި ސީސީ ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީތަކުގެ ގޮތުގައި 100 އަށް ވުރެ ގިނަ ޕާޓީ ހިމެނޭއިރު، އިންތިޚާބުގައި އިދިކޮޅަށް ވާދަ ކުރާނެ ކެނޑިޑޭޓެއް ނެތުން އެއީ ލަދުވެތި ކަމެއް ކަމުގައެވެ.

ސީސީ ވަނީ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ހީލިއޮޕޮލިސްގެ ވޯޓުލާ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.