މިސްރުގެ އެލެގްޒެންޑްރިއާ ސިޓީގެ ރުޝްދީ ސަރަޙައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 2 މީހުން މަރާލައިފި

މި ޙަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހު މެންދުރުގެ ވަގުތެއްގައި. އަލް އަރަބިއްޔާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ޙަމަލާ އަމާޒު ކޮށްފައި ވަނީ އެލެގްޒެންޑްރިއާގެ ސަލާމަތީ ކަންތައްތަކާއި ބެހޭ އެންމެ އިސް ވެރިޔާގެ ވަފުދަށް. އަދި މި ޙަމަލާގައި މަރުވެފައި ވަނީ އެ ވަފުދުގެ 2 ފުލުސް އޮފިސަރުންނެވެ.

މިސްރުގެ ދާޚިލީ ވިޒާރާއިން ވަނީ މި ޙަމަލާ އަމާޒު ކޮށްފައި ވަނީ ސަލާމަތީ އެންމެ އިސް ވެރިޔާ މޭޖަރ މުސްތަފާ އަލް ނިމްރު އަށް ކަން ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް ޙަމަލާ ދިން ވަގުތު އަލް ނިމްރު އެ ވަފުދުގައި ނެތް ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެވެ.

އިޝްތިހާރު Below Header ad

އެލެގްޒެންޑްރިއާގެ ރުޝްދީ ސަރަހައްދުގައި ދިން މި ޙަމަލާގައި 2 ފުލުސް އޮފިސަރުން މަރުވުމުގެ އިތުރުން 4 މީހަކު ވަނީ ޒަޚަމްވެފައެވެ.

މަންޒަރު ދުށް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން މިހާރު ވަނީ މި ބޮން ގޮއްވާލި ސަރަޙައްދު އެއްކޮށްހެން ބަންދު ކޮށްފައެވެ.

ކާރެއްގައި އައި.އީ.ޑީ ހަރުކޮށްގެން ޙަމަލާއެއް ދީފައި މި ވަނީ މިސްރުގެ ރިޔާސީ އިންތިޚާބު ބާއްވަން 2 ދުވަހަށް ވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.