ސީރިއާގެ ނިއުކްލިއާ ރިއެކްޓަރަކަށް ޙަމަލާދީފައި ވަނީ އިޒްރާއީލުން ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސް ވެއްޖެ

2007 ވަނަ އަހަރު ސީރިއާގެ ނިއުކްލިއާ ރިއެކްޓަރަކަށް ޙަމަލާދީފައި ވަނީ އިޒްރާއީލުން ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސް ވެއްޖެއެވެ.

ސީރިއާގެ ދާރު އައް ޒޫރްގައި ހުންނަ ނިއުކްލިއާ ރިއެކްޓަރަށް 2007 ވަނަ އަހަރުގެ ސެޕްޓެމްބަރ 6 ވަނަ ދުވަހު ޙަމަލާ ދީފައި ވަނީ އިޒްރާއީލުން ކަމަށް ގިނަ ބަޔަކު ޝައްކު ކުރި ނަމަވެސް، މީގެ ކުރިން އިޒްރާއީލުން ފާޅުގައި މިކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

އިޝްތިހާރު Below Header ad

އިޒްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ދިގު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ސީރިއާގެ ނިއުކްލިއާ ރިއެކްޓަރަށް ޙަމަލާ ދީފައި ވަނީ އެފް-15 މަރުކައިގެ ހަނގުރާމަމަތީ 8 މަތިންދާބޯޓުން ކަމަށެވެ.  އެ ޙަމަލާ ދީފައި ވަނީ ސިއްރު އޮޕަރޭޝަނެއްގެ ގޮތުގައި ކަމަށާއި އަދި އެ ނިއުކްލިއާރ ރިއެކްޓަރަކީ އެތައް އަހަރުތަކެއް ކުރިއްސުރެ ތައްޔާރު ކުރަމުން އައި ރެއެކްޓަރެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޙަމަލާގައި އެ ރިއެކްޓަރ އެއްކޮށް ހަލާކު ކޮށްލާފައިވާ ކަމަށާއި އަދި ޙަމަލާ ދީގެން ރިއެކްޓަރ ހަލާކު ކޮށްނުލި ނަމަ 2007 ވަނަ އަހަރު ނިމުމުގެ ކުރިން ސީރިއާއިން ނިއުކްލިއާރ ހަތިޔާރު އުފައްދަން އެ ރިއެކްޓަރ ބޭނުން ކުރަން ފަށާނެ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަލާދީ ރިއެކްޓަރ ހަލާކުކޮށްލިތާ އެތައް އަހަރުތަކެއް ފަހުން އިޒްރާއީލުގެ އަސްކަރިއްޔާއިން މި ސިއްރު ހާމަކޮށްފައި މި ވަނީ ކީއްވެ ކަމެއް އަސްކަރިއްޔާއިން ބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.