އިރުމަތީ ޣޫތާއަށް ދިން ވައިގެ ޙަމަލާތަކުގައި 15 ކުޑަކުދިންނާއި 2 އަންހެނުން ޝަހީދު ވެއްޖެ

ސީރިއާގެ އަސްކަރިއްޔާއިން އިރުމަތީ ޣޫތާއަށް ދިން ވައިގެ ޙަމަލާތަކުގައި 15 ކުޑަކުދިންނާއި 2 އަންހެނުން ޝަހީދު ވެއްޖެއެވެ.

ހަނގުރާމައިގެ މައިދާނު މޮނިޓަރ ކުރާ ފަރާތެއް ކަމުގައިވާ ސީރިއަން އޮބްސަވޭޓްރީ ފޯ ހިއުމަން ރައިޓްސްއިން ހާމަ ކޮށްފައިވާ ގޮތުގައި، އިރުމަތީ ޣޫތާގެ އަވަށެއް ކަމުގައިވާ އާރބިންއަށް ހޯމަ ދުވަހު ދިން މި ޙަމަލާތައް ދީފައި އެ އަވަށުގެ ސްކޫލަކަށެވެ. އަދި ޝަހީދުވި ކުދިންނާއި އަންހެނުން ތިބީ އަސްކަރިއްޔާއިން ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ހިމާޔަތް ހޯދުމަށް އެ ސްކޫލްގެ ބޭސްމަންޓްގައި ކަމަށް ވެސް މޮނިޓަރުން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްސަވޭޓްރީގެ އިސް ވ ެރިޔާ ރާމީ އަބްދުއްރަހްމާން ބުނެފައިވާ ގޮތުގައި، ޙަމަލާތަކުން ހިމާޔަތް ހޯދުމަށް ބޭނުންކުރަމުން ދިޔަ އެ ސްކޫލަށް އެއްފަހަރާ 3 މިސައިލް ފޮނުވާލާފައިވެއެވެ. އަދި ވެއްޓިފައިވާ އިމާރާތާއި ބިންގަރާހުގެ އަޑިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެ އޮބްސަވޭޓްރީއިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ މި ޙަމަލާ ތަކަކީ ޝައްކު ކުރެވޭ ގޮތުގައި ރަޝިޔާއިން ދީފައިވާ ޙަމަލާ ތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.