ފުޓްބޯޅައިގެ އެންމެ ބޮޑު ޢީދަށް މުޅި ދުނިޔެ ކެތް މަދުވެފަ

ދުނިޔޭގެ އެންމެ ގިނަބަޔުކު އެ މުބާރާތަކަށް އިންތިޒާރު ކުރަމުން އަންނަ އެއް މުބާރާތަކީ 1930 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ވުޖޫދުކުރި ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި މުބާރާތް މެދު ނުކެނޑި ބާއްވަމުން އަންނަތާ މިއަދަށް 87 އަހަރު ވެފައިވާއިރު، މި މުބާރާތުގެ ފޯރިވެސް އަންނަނީ މުބާރާތަކަށް ފަހު މުބާރާތެއްގައި އިތުރު ވަމުންނެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމައިގެ ސަބަބުން ދެ މުބާރާތެއް ނުކުޅެވި ދިޔަނަމަވެސް އޭގެ ފަހުން ފީފާ އިން އަންނަނީ ޤަވައިދުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މި މުބާރާތް ކާމިޔާބު ކަމާއި އެކު ބާއްވަމުން ނެވެ.

އިޝްތިހާރު Below Header ad

1904 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ (ފިފާ) އުފައްދާ އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕެއް ބާއްވާފައިވަނީ 1930 ވަނަ އަހަރު އުރުގުއޭގައެވެ. ޖޫލް ރިމޭ ޓްރޮފީގެ ނަމުގައި ބޭއްވި މި މުބާރާތުގައި 13 ގައުމު ވާދަކުރިއިރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް މުބާރާތް ބޭއްވި ގައުމު އުރުގުއޭ އެވެ.

އޭގެ ފަހުން 1934 އަދި 1938 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް މުބާރާތުގެ ތަށި އުފުލާލާފައިވަނީ އިޓަލީ އެވެ. އޭގެ ފަހުން 1942 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ނާޒީ ޖަރުމަންގައެވެ. އެހެން ނަމަވެސް ކުރިން ދެންނެވުނު ފަދައިން ހަނގުރާމައިގެ ސަބަބުން މި މުބާރާތް އެ ގައުމުގައި ވަނީ ބޭއްވޭގޮތް ނުވެފައެވެ. ޖެހިގެން އައި ވޯލްޑް ކަޕް މުބާރާއް 1946 ވަނަ އަހަރު ބޭއްވުމަށް މަސައްކަތް ކުރީ ބްރެޒިލް ގައެވެ. އެއަހަރުވެސް ހަނގުރާމައިގެ ސަބަބުން މި މުބާރާތް ވަނީ ބޭއްވޭގޮތް ނުވެފައެވެ.

1934 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރާއި ހަމަޔަށް ހަނގުރާމައިގެ ސަބަބުން ނުކުޅެވި ދިޔަ ދެ މުބާރާތް ފިޔަވާއި ކޮންމެ އަހަރަކު ވެސް ޖުމްލަ 16 ޓީމު މުބާރާތުގައި ވާދަކޮށްފައިވެއެވެ.  މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 24 އަށް އިތުރު ކޮށްފައިވަނީ 1982 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައެވެ.

މި މުބާރާތަށް ފަހު ޖެހިގެން އައި މުބާރާތް 1998 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި އެ އަދަދު 32 އަށް ވަނީ އިތުރު ކޮށްފައިވެއެވެ.  އޭގެ ފަހުން އަދިވެސް މި މުބާރާތް ކުޅެމުން އަންނަނީ މި އަދަދަށް ޓީމުތަށް ހިމަނައިގެންނެވެ.

ވޯލްޑްކަޕްގެ މުޅި ތާރީޚަށް ބަލާލާއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށް ދެ ފަހަރު ފައިނަލްގައި ވާދަކޮށްފައިވާ މަސްހޫރު ބްރެޒިލެވެ. މި މުބާރާތް އަދިވެސް މި އަދަދަށް އިތުރު ގައުމަކަށް ކާމިޔާބު ކުރެވިފައި ނުވާއިރު، ބްރެޒިލްއާއި އެންމެ ގާތުން ވާދަކުރަނީ ޖަރުމަން އެވެ. ޖަރުމަން ވަނީ 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މިއަހަރު ބޭއްވޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވޭ ގައުމަކީ ރަޝިއާއެވެ. މިއީ މި މުބާރާތް އެ ގައުމުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ  ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑްކަޕް ކުޅުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ  11 ސިޓީއެއްގެ 12 ސްޓޭޑިއަމެއްގައެވެ. މިފަހަރުގެ ވޯލްޑްކަޕްގައި ވެސް ޖުމްލަ 32 ޓީމު ވާދަކުރާނެއެވެ.

ރަޝިއާގައި މިފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހުޅުވާ މެޗު ކުޅޭނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 8:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބޭއްވޭ ގައުމު ރަޝިއާއި ސައުދީ އަރަބިއްޔާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.