މަހަލްދީބްގެ “ޕައި” މާރިޗު 17ގައި

“ޕައި” އިވެންޓްގެ ފުރަތަމަ ރަސްމީ ސެމިނަރ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި އިވެންޓު އޮންނާނީ މާރިޗު މަހުގެ 17 ވަނަ ދުވަހު ރޭގަނޑު 8:00-10:00 ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ސީ.އޭ އޮޑިޓޯރިއަމްގައެވެ.

ޕައި އިވެންޓަކީ ޒުވާނުންނާއި މުޖުތަމަޢުގައި އެމީހުންގެ ތަފާތު އަދި މޮޅު ހިޔާލުތަކާއި ވާހަކަތައް ހިއްސާކޮށްލާނެ ފުރުސަތެއްގެ އިންތިޒާރުގައި ތިބި މީހުންނަށް އޮތް ރަނގަޅު ޕްލެޓްފޯމެކެވެ.

އިޝްތިހާރު Below Header ad

މަހަލްދީބް ފައުންޑޭޝަނުން އިސްނަގައިގެން ހިންގާ “ޕައި” އިވެންޓު ހިންގުމުގައި އިސްކޮށް އުޅެނީވެސް ޒުވާން ކުދިންނެވެ. އެހެންކަމުން މިއީ ޒުވާނުން، ޒުވާނުންގެ މޮޅު ޒަމާނީ އަދި ތަފާތު ހިޔާލުތަކަށް ފުރުސަތު ހޯދައިދުމުގެ މަގްސަދުގައި ހިންގާ ސެމިނާ ސީރީޒެކެވެ.

21 ޑިސެމްބަރ 2017 ގައި ޕައިގެ “ޕައިލޮޓް” އިވެންޓެއް ވަނީ ކިލިޤް ކޮލެޖުގައި ބާއްވާފައެވެ. މީސްމީޑިއާގައި އެތައް ސަތޭކަ މީހުން ވަނީ މި ސެމިނާ ބަލާފައެވެ.

ޖެނުއަރީ މަހުގެ 23  ގައި ޕައި އިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން އާއެކު އެގްރީމަންޓެއް ގައި ސޮއިކޮށްފައެވެ. މި އެގްރިމެންޓުގެ ސަބަބުން ޕައިގެ  އޯޑިއެންސް އިތުރުވެ، ގިނަ ޢަދަދެއްގެ ބަޔަކަށް އެ ސެމިނަރ ބޭއްވިގެން ދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަހަލްދީބްގެ ސެކްރެޓަރީ ޖެނެރަލް އައްޝައިޚް ޢަބްދުލް ޙާދީ ޙުސައިން ވިދާޅުވީ،މި އިވެންޓްތައް މިވަޤުތު މާލޭގައިވޭއްވި ނަމަވެސް އުންމީދު ކުރަނީ އަތޮޅުތެރޭގައި އެމް އެން ޔޫގެ އެކި އެކި ކެމްޕަސް ތަކުގައި މި އިވެންޓް ބޭއްވުމެވެ.

އަދި ގިނަ ޒުވާނުންނަށް މި މުހިންމު ޕްލެޓްފޯރމް ގެ ބޭނުން ކުރެވޭނެ ކަމަށެވެ. އައްޝައިޚް ޙާދީ އިތުރަށް ވިދާޅުވީ، ޕައި އަކީ މުޖްތަމަޢަށް ބޭނުންހުރި ތަފާތު ޚިޔާލުތަކާއި ތަޖްރިބާތަކާއި ރައުޔުތައް ޙިއްޞާ ކުރެވޭނެ ޢާންމުންނަށް ހުޅުވާލެވިފައިވާ ޕްލެޓްފޯރމެއް ކަމަށެވެ.

މިމަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕައިގެ ފުރަތަމަ ރަސްމީ ސެމިނަރ ތީމްއަކީ “ޤާނޫނާއި އަހަރެމެން” ފަހަލްދީބުގެ ފޭސްބުކް ޕޭޖުގައި މިކަމަށް ޚާއްޞަ އިވެންޓެއްވެސް ވަނީ ފޭސްބުކްގައި ހަދާފައެވެ. “ދަ ލޯ އެންޑް އަސް”

މި ތީމްއާއި ގުޅޭ ދެ މަޢުޟޫޢުއަށް 2 ބޭފުޅުން ވާހަކަ ދައްކަވަން ހަމޖެހިފައިވެއެވެ.  “ޚިޔާލުފާޅުކުރުމުގެ ހައްދާއި މިނިވަންކަމުގެ ދަށުން ތިބާގެ ޤައުމަށްޓަކައިވާ ތިބާގެ ޙިއްޞާ” މި މަޢުޟޫޢަށް ވާހަކަ ދައްކަވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ގުޅުމުގެ ރައީސްކަން 2 ފަހަރު ކުރައްވާފައިވާ އަލީ ރަޝީދް އަހުމަދެވެ.

މިހާރުވެސް ޤައުމީ ޔުނިވާރސިޓީގެ ކައުންސިލްގައި އުޅުއްވާ އަލީ ރަޝީދަކީ ރިނބިދޫ ކައުންސިލްގެ ނައިބް ރައީސްކަން ކުރައްވާފައިވާ  ޤާނޫނީ ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައިވާ ޒުވާން ބޭފުޅެކެވެ.

އަދި ދިވެހި ބިމާއި، ބިމާ ބެހޭ ޤާނޫން އިތުރަށް ރަނގަޅު ކުރެވެނޭ ގޮތްތަކަކާ ގުޅޭގޮތުން ވާހަަކަދައްކަވާނީ ޤާނޫނީ ދާއިރާއިން މަތީތައުލީމު ހާސިލްކޮށްފައިވާ އަބްދުﷲ ނާހިދެވެ. އަބްދުﷲ ނާހިދަކީ ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި އެކި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ނަންގަވައިދެއްވަފައިވާ ލޯޔަރެކެވެ.

މިއިން ކޮންމެ  މަޢުޟޫއަކާ ބެހޭ މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށްފަހު އޯޑިއަންސް އާ އެކީ މަޢުޟޫތައް މަޝްވަރާ ކުރެވޭނެ ކަމަށް މަހަލްދީބް ފައުންޑޭޝަނުން ހާމަކުރެއެވެ.

ޕައި ފަދަ ތަފާތު އިވެންޓުތަކަކީ ރާއްޖޭގައި މަދުންނޫނީ  ނުފެންނަ އިވެންޓުތަކެވެ. އަދި މިފަދަ މުޖުތަމަޢު އަށް ފައިދާކުރަނިވި އިވެންޓުތަށް ރާއްޖޭގައި ގިނަގިނައިން ބޭއްވޭނީ ދީލަތި ފަރާތްތަކުގެ އެހީތެރިމާއި އެކުގައިކަން ޕައި ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދި ޕައިގެ އިވެންޓުތަށްވެސް ސޮޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މަހަލްދީބް ފައުންޑޭޝަން އަކީ ރާއްޖޭގައި ފުޅާދާއިރާއަކަށް ދީނީ އަދި އިޖްތިމާޢި ވަރަށް ގިނަ ޙަރަކާތްތަކެއް ހިނަގަމުން އަންނަ ފައުނޑޭޝަނެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.