ޗެމްޕިއަންސް ލީގު: ކުއާޓާގައި ލިވަޕޫލް އާއި ސިޓީ އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އާއި ޔުވެންޓަސް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރަން ޖެހުނުއިރު އިނގިރޭސި ވަރުގަދަ ދެބާރު ކަމުގައިވާ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ރެއާލް އާއި ޔުވެންޓަސް ބައްދަލުކުރަން ޖެހުނުއިރު މި ދެ ޓީމަކީ އެންމެ ފަހުން ކުޅެވުނު ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމެވެ. އެފަހަރު 1-4 އިން ޔުވެންޓަސް ބަލިކުރުމަށްފަހު ރެއާލް އިން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.  ރެއާލް އަކީ ފާއިތުވި ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމުކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު Below Header ad

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު ކުޅެވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު ޔުވެންޓަސްގެ ދަނޑުގައެވެ. އަދި މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅެވޭނީ އަންނަ މަހުގެ 9 ވަނަ ދުވަހު ރެއާލްގެ ދަނޑުގައެވެ.

ކުއާޓާގައި އިނގިރޭސިވިލާތުގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހުނުއިރު މި ސީޒަނުގައި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން ސިޓީގެ ދަނޑުގައި ކުޅުނު މެޗު 0-5 އިން ކާމިޔާބުކުރީ ސިޓީން ކަމަށްވާއިރު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 3-4 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ. އަދި މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅެވޭނީ އަންނަ މަހުގެ 9 ވަނަ ދުވަހު ސިޓީގެ ދަނޑުގައެވެ.

ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ކުއާޓާގައި ބައްދަލުކުރާނީ އިޓަލީގެ ރޯމާއާއެވެ. މި ދެޓީމު ބައްދަލުކުރާ ފުތަމަ ލެގުގެ މެޗު ކުޅެވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު ބާސާގެ ދަނޑުގައެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅެވޭނީ އެމަހުގެ 9 ވަނަ ދުވަހު ރޯމާގެ ދަނޑުގައެވެ. އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އާއި ސެވިއްޔާ ބައްދަލުކުރާ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުވެސް ކުޅޭނީ އަންނަ މަހުގެ 2 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅޭނީ އެމަހުގެ 9 ވަނަ ދުވަހުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.