ރަޝްފޯޑުގެ ދެ ލަނޑާއެކު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

މާކަސް ރަޝްފޯޑު ކާމިޔާބުކޮށްދިން ދެ ލަނޑާއި އެކު ޔުނައިޓެޑުން ލިވަޕޫލުގެ މައްޗަށް ކުރިހޯދައިފިއެވެ.

ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު މި މެޗުން ޔުނައިޓެޑުން ލިވަޕޫލްގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މެޗުގެ 14 ވަނަ މިނެޓްގައި ލަނޑުޖަހާ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް ރަޝްފޯޑްއެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ވެންޑައިކް ފޮނުވާލި އެ ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ޔުނައިޓެޑުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރީ މެޗުގެ 24 ވަނަ މިނެޓްގައެވެ. މި ލަނޑުވެސް އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ރަޝްފޯޑްއެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގައި ލިވަޕޫލް އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓްގައި ލިވަޕޫލް އިން ގޯލެއް ކާމިޔާބުކުރިއިރު މި ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލާއެކު ނަތީޖާ އެއްވަރުކުރުމުގެ އުއްމީދު ލިވަޕޫލް އަށް ލިބުނު ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މިއީ ލީގުގައި ލިވަޕޫލް ބަލިވި ހަތަރުވަނަ މެޗެވެ.

މި މޮޅާއެކު ޔުނައިޓެޑް ލީގުގެ ދެވަނައިގައި މިހާރު އޮތީ 65 ޕޮއިންޓާ އެކުއެވެ. 60 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ ތިންވަނައިގައެވެ. ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ އެޓީމަށް ލީގުގެ ތިންވަނަ މަގާމު ލިބޭނެއެވެ. ޓޮޓެންހަމް މިވަގުތު އޮތީ 58 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ސްވެންސީ ސިޓީއާއެވެ. ލިވަޕޫލް ނިކުންނާނީ ވޮޓްފޯޑް އާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.