ރޮނާލްޑޯގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާއި އެކު ކާމިޔާބު ކުރި ދެ ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އެއިބާއާ ދެކޮޅަށް ރެއާލް ކުޅުނު މި މެޗުން އެޓީމު މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އެއިބާގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ރެއާލް މެޑްރިޑުންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުކަ މޮޑްރިޗްގެ އެހީތެރިކަމާއި އެކު އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ލަނޑާއެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލްއިން ނިންމާލި ނަމަވެސް މެޗުގެ ފަހުހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެއިބާއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިވާން ރަމިސް ބެރިއޮސްއެވެ. މި ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެންދަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހިއްގައިމު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-2 އަށް ބަދަލުކޮށްލާފައެވެ.

މި ލަނޑާ އެކު ރެއާލް މޮޅުވިއިރު އެޓީމު ވަނީ ތާވަލްގެ ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެމެދުގައި އޮތް ޕޮއިންޓްގެ ފަރަގު 4 ޕޮއިންޓަށް ކުޑަކޮށްފައެވެ. 61 ޕޮއިންޓާއެކު އިޓީމު ތާވަލްގެ ދެވަނާގައި އޮތްއިރު ރެއާލް އޮތީ 57 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ. އެހެން ނަމަވެސް އެއީ ރެއާލްއަށްވުރެ އެއްމެޗު މަދުން ކުޅެގެންނެވެ.

މިރޭ ކާމިޔާބު ކުރި 2 ލަނޑާއެކު ރޮނާލްޑޯ މިފަހަރުގެ ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 18 އަށް އަރާފައެވެ. ލަނޑު ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އޮތް މެސީވަނީ 24 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނާގައި އޮތް ލުއިސް ސުއަރޭޒް އަށް ކާމިޔާބު ކުރެވިފައިވަނީ 20 ލަނޑެވެ.

ލީގުގެ ކުރީކޮޅު ރޮނާލްޑޯގެ ފަރާތުން ދައްކުޅުމެއް ފެނިގެންދިޔައިރު ގިނަބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް މިހާރު ރޮނާލްޑޯ އޭނާގެ އަސްލު ފޯމަށް އައިސްފައިވާކަމަށް ގިނަ ރިޕޯޓުތަކަުން ބުނާއިރު އޭނާ އަންނަނީ ރެއާލްގައި މޮޅުކުޅުމެއް ދައްކަމުންކަން ފާހަގަކޮށްލެވެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.