ކުޑަ ކުޑަ ވަޤުތު ކޮޅަކުންވެސް ކަށްވަޅުގެ ޢަޛާބުން ސަލާމަތް ވުމުގެ ފުރުސަތު

ނިދުމުގެ ކުރިން 10 ވަރަކަށް މިނިޓުން ކިޔާލެވޭ سورة الملك މާތްކަން އެނގިލައްވާ ތޯ؟ ކުރު ގޮތަކަށް سورة الملك (ތަބާރަ ސޫރަތް) ގެ މުހިންމުކަމާއި މާތްކަންމަށް ބަލާލާނަމެވެ.

الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

އިޝްތިހާރު Below Header ad

އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(إِنَّ سُوْرَةً مِّنَ القُرْآنِ ثَلَاثُوْنَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُوْرَةُ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ)

މާނައަކީ: ” ހަމަކަށަވަރުން ޤުރްއާނުގެ ސޫރަތެކެވެ. އެ ސޫރަތުގައިވަނީ ތިރީސް އާޔަތެވެ. އެ އާޔަތްތައް މީހާގެ ފާފަތައް ފުއްސެވުމަށް ދާންދެން އެމީހަކަށް ޝަފާޢަތްތެރިވެދެއެވެ. އެއީ ތަބާރަކަ ސޫރަތެވެ. ”

މަޤްޞަދު: ” ކޮންމެ ރެޔަކު މި ސޫރަތް ކިޔެވުމެވެ. އަދި އެ ސޫރަތުގައިވާ ޙުކުމް ތަކަށް ފުރިހަމަ އަށް ކިޔަމަންތެރި ވުމެވެ. އަދި އެ ސޫރަތުގައި އައިސްފައިވާ ވާހަކަތަކަށް ފުރިހަމަ އަށް އީމާންވެ ތެދުކުރުމެވެ. ”

عَنْ عَبْدُ اللهِ بِنْ مَسْعُوْدٍ قَالَ : مَنْ قَرَأَ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ كُلَّ لَيْلَةٍ مَنَعَهُ اللهُ بِهَا مِنْ عَذَابِ الْقَبْرِ , وَكُنَّا فِيْ عَهْدِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نُسَمِّيْهَا اَلْمَانِعَةِ , وَإِنَّهَا فِيْ كِتَابِ اللهِ سُوْرَةٌ مَنْ قَرَأَ بِهَا فِيْ كُلِّ لَيْلَةٍ فَقَدْ أَكْثَرَ وَأَطَابَ,

ﷲ ރުއްސުން ލެއްވި ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ.

މާނައަކީ: ” ކޮންމެ ރެޔަކު ތަބާރަކަ ސޫރަތް ކިޔަވައިފި މީހަކު ކައްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަހަރެމެން އެ ސޫރަތަށް ކިޔާ އުޅުނީ ” އަލްމާނިއާ ” (މަނާކުރާ) އެވެ. އެއީ ފޮތުގައިވާ ސޫރަތެކެވެ. ކޮންމެ ރެޔަކު އެ ސޫރަތް ކިޔަވައިފި މީހަކު ވަރަށް ގިނަ ހެޔޮކަންތައް ކޮށްފިއެވެ. އަދި އޭނާ ކާމިޔާބު ހޯދައިފިއެވެ.”

އެހެންކަމުން ކޮންމެ ރެޔަކު އެއްފަހަރު މި ސޫރަތް ކިޔެވުމަށް އާދަ ކުރައްވާށެވެ. އަދި މިސޫރަތުގެ މާނަ ދަސްކުރައްވާ އޭގައިވާ ޙުކުމްތަކަށް ރަނގަޅަށް ދަސްކުރައްވާށެވެ. ﷲ ގެ ހެޔޮރަޙްމަތުން ކައްވަޅުގެ ޢަޒާބުން ސަލާމަތްވާނެއެވެ. އާމީން

والله أعلم
ޑރ. މުޙަންމަދު އިޔާޟް ޢަބްދުލް ލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.