އެޑިޔުކޭޝަން މިނިސްޓަރ ފާދިއްޕޮޅަށް ވަޑައިގެންފި

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ފާދިއްޕޮޅަށް (ޅ އަތޮޅު) ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ހާމަކުރައްވާ، އެކަމާއިބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިޝްތިހާރު Below Header ad

ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރެއްވުމަށް ނިންމަވާފައިވާ އިރު، އެކަމަނާ މިއަދު ޒިޔާރަތް ކުރައްވާފައިވަނީ ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާ އަށާއި ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހަށެވެ. އަދި މާދަމާ ވަޑައިގަންނަވާނީ ހިންނަވަރުގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒަށާއި އޮޅުވެލިފުށީ މަދަރުސާއަށެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި މިއަދު ވަނީ މަދަރުސަތުލް އިފްތިތާހްގެ ސްމާޓް ކްލާސް އިފްތިތާހު ކުރައްވާފައެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި ރަށު ކައުންސިލުގެ ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުކުރެއްވުންތަކުގައި މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެފަރާތްތަކާއި ޙިއްޞާ ކުރައްވާނެއެވެ.

އަދި ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމާއި ބެހޭ ގޮތުންނާއި ސުކޫލުތަކަށް ދިމާވާ ދަތިތަކާއިބެހޭ މަޢުލޫމާތު އޮޅުންފިލުއްވާ، އެކަންތައްތައް ޙައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން ދަސްވާރު ޕްރޮގްރާމާއި ބީޓެކް ސްޓްރީމާއި ބެހޭގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ސްކޫލްތަކުގައި އެ މަސައްކަތްތަކާއި ޙަވާލުވެތިބި މުއައްޒިފުންނަށް ފޯރުކޮށްދޭނެއެވެ.

އަދި މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމް ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކުރިއަށް ގެންދެއްވުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.