ނިއުރޭޑިއަންޓްގެ އެހީތެރިކަމާއެކު ފޮނަދޫގައި ފަށާފުޓްބޯޅަ އެކަޑަމީ އަންނަ މަހު 1 ގައި ފަށަން ނިންމައިފި

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ރާއްޖޭގެ މަސްހޫރު ފުޓްބޯޅަ ކުލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ އެކަޑަމީއާއި ލ. ފޮނަދޫ ޔޫތު އެސޯސިއޭޝަން (ފިޔަ) ގުޅިގެން އެރަށުގައި ފެށުމަށް ހަމަޖެއްސި ފުޓްބޯޅަ އެކަޑަމީ އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ.

އަންނަ މާރޗުމަހުގެ ފުރަތަމަ ދުވަހު އެކަޑަމީގެ ހަރަކާތްތަށް ރަސްމީކޮށް ފެށުމަށް ތާވަލް ކުރިއިރު، އެ ހަރަކާތްތަށް ފެށިގެން ދާނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކުގައި ކަމަށް ފިޔަ ޖަމްޢިއްޔާއިން މައުލޫމާތު ދެއެވެ. މައުލޫމާތު ލިބޭގޮތުގައި މި ރަސްމިއްޔާތު އޮންނާނީ ލ.ފޮނަދޫ މެދު އަވަށު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި ރާއްޖޭގެ މަސްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ގައުމީ ޓީމުގެ ކެޕްޓަލް އަލީ އަޝްފާޤު ( ދަނގަޑޭ ) އާއި އަލީ ފާސިރު (ސެންޓޭ ) ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމުގައި ފިޔަ ޖަމްޢިއްޔާއިން މައުލޫމާތު ދެއެވެ.

ނިއު ރޭޑިއަންޓާއި ލ.ފޮނަދޫ (ފިޔަ )  އާއި ގުޅިގެން އެ ރަށުގައި ކުރިއަށްގެންދަން ރޭވިފައިވާ  އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު މީގެ މަހެއްހާ ދުވަސް ކުރިން ހުޅުވާލާފައިވާއިރު، މިހާރު 100 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިކަމަށްވެސް ފިޔަ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އެ ޖަމްޢިއްޔާއިން މައުލޫމަތު ދޭ ގޮތުގައި  އަދިވެސް އިތުރު ކުދިން ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށައަޅަމުން އެބަ ގެންދެއެވެ.

” މި އެކަޑަމީ އަކީ އަޅުގަނޑުމެންނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގުޅިގެން ކުރަން ރޭވިފައިވާ ކަމެއް. މިއީ ރަށުގެ ވަރަށް ގިނަ ބައެއްގެ އެދިލެއްވުމުގެ މަތިން ފަށަން ނިންމިކަމެއް. މިކަމަށް ބޮޑު ތަރުޙީބެއް  ލިބެމުންއެބަދޭ. އެގޮތުން މިހާތަނަށް ޖުމްލަކޮށް 106 ކުއްޖަކު ވަނީ ބައިވެރިވެފަ. އެހެން ކަމުން މި އަދަދާއި އެކު އެކަޑަމީގެ ހަރަކާތްތަށް އަންނަ މަހު އެއްވަނަ ދުވަހު ފެށޭނެ : ފިޔަ ޖަމްޢިއްޔާއިން ބުންޏެވެ.

ނިއުއާއެކު ފޮނަދޫގައި އެކަޑަމީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފިޔައިން މައުލޫމާތުދޭ ގޮތުގައި އެ އެކަޑަމީގެ މަޤްސަދަކީ ބޮޑެތިވަމުންދާ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ރަނގަޅު ފެންވަރަކަށް ދަސްކޮށްދީ، ފުޓްބޯޅައިގެ ރޮނގުން އެކުދިން ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

ނިއުގެ އެހީތެރިކަމާއި އެކު ފޮނަދޫގައި އަންނަ މާރޗު މަހު އެއްވަނަ ދުވަހު އެކަޑަމީގެ ހަރަކާތްތަށް ފެށުމަށް ހަމަޖެހިފައިވާއިރު، މި އެކަޑަމީ ފެށުމުގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ފޯރިޔާއި އެކު މިހާރުވެސް ކުރިޔަށް އެބަދެއެވެ.  އެގޮތުން ދަނޑުގެ ވަށާފާރުގައި ރީތިކޮށް ކުލަ ލުމާއި ދަނޑުގެ ވިނަގަނޑު އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

އެޓޯލް ނިއުސްއަށް މައުލޫމާތު ދެމުން ލ.ފޮނަދޫއަށް ނިސްބަތްވާ ފިޔަ ޖަމްޢިއްޔާއިން ބުނީ އެކަޑަމީއަށް ބޭނުންވާ ސާމާނު 3 ދުވަހެއްގެ ތެރޭގައި ލިބިގެންދާނެކަމަށެވެ. އޭގެ ތެރޭގައި ކުދިން ޓްރެއިނިންގް އަށް ބޭނުން ވާނެ  ސާމާނާއި ޖާރޒީ ކިޓް ހިމެނެއެވެ. އަދި މި ތަކެތި ލިބުނުހާ އަވަހަކަށް ކުދިންނަށް ކިޓް ހަވާލުކުރެވޭނެ ކަމަށް ވެސް ފިޔަ އިން ބުންޏެވެ.

އެ އެކަޑަމީގައި ބައިވެރިވެވޭނީ އުމުރުން 5 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިންނަށެވެ. އެކަޑަމީގެ ހަރަކާތްތަށް ފެށުނު ނަމަވެސް ބައިވެރިވާން ބޭނުން ކުދިންނަށް އެ ފުރުޞަތު ހުޅުވާލެވިފައިވާނެކަމަށްވެސް ފިޔައިން ވަނީ ބުނެފައެވެ.

ފިޔައިން ބުނީ އެކަޑަމީގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 200 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ މަހުގައި އެޑްމިޝަން ފީއެއްގެ ގޮތުގައި 350 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ.

އެ އެކަޑަމީއަށް ވަނުމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ފޮނަދޫގައި ހުންނަ ފޮނަދޫ ޔޫތު އެސޯސިއޭޝަންގެ މައި އިދާރާއާއި ފޮނަދޫ ހުދުވެލިންނާއި އަދި ކޮފީ ޕްރިންސް ރެސްޓޯރަންޓުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.