ނިއުރޭޑިއަންޓްގެ އެހީތެރިކަމާއެކު ލ. ފޮނަދޫގައި ފުޓްބޯޅަ އެކަޑަމީއެއް ފަށަނީ ..!

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ރާއްޖޭގެ މަސްހޫރު ފުޓްބޯޅަ ކުލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ އެކަޑަމީއާއި ލ. ފޮނަދޫ ޔޫތު އެސޯސިއޭޝަން (ފިޔަ) ގުޅިގެން އެރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ފެށުމަށް ނިންމައިފިއެވެ.

ނިއު ރޭޑިއަންޓާއި ފިޔަ ގުޅިގެން ލ.ފޮނަދޫގައި ކުރިއަށްގެންދާ އެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.

އިޝްތިހާރު Below Header ad

ނިއުއާއެކު ފޮނަދޫގައި އެކަޑަމީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފިޔައިން މައުލޫމާތުދޭ ގޮތުގައި އެ އެކަޑަމީގެ މަޤްސަދަކީ ބޮޑެތިވަމުންދާ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ، ފުޓްބޯޅައިގެ ރޮނގުން އެކުދިން ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

ފިޔައިން ބުނީ ނިއުގެ އެހީތެރިކަމާއި އެކު ފޮނަދޫގައި ފެށުމަށް ނިންމާފައިވާ މި އެކަޑަމީ ފެށުމުގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް މިހާރުވަމުން ދާކަމަށާއި  އެގޮތުން އެކަޑަމީއަށް ވަނުމަށް ފުރަންޖެހޭ ފޯމް ނުވަތަ ( އެޕްލިކޭޝަން ފޯމް ) އެ ޖަމްޢިއްޔާގެ އިދާރާއިން ދޫކުރަމުންގެންދާކަމަށެވެ. އަދި މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކަމަށްވެސް ފިޔައިން ބުނެއެވެ.

އެ އެކަޑަމީގައި ބައިވެރިވެވޭނީ އުމުރުން 5 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިންނަށެވެ. އެ އެކަޑަމީގެ ޓްރޭނިންތަކުގައި ބޭނުންކުރާގޮތަށް ހަމަޖެހިފައިވަނީ ނިއު ރޭޑިއަންޓުގެ ލޯގޯ ޖަހާފައިވާ ޖާޒީ، ސޯޓު، ޓްރޭނިން ބިބްސް އަދި އިސްޓާކީނެވެ.

ފިޔައިން ބުނީ އެކަޑަމީގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 200 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ މަހުގައި އެޑްމިޝަން ފީއެއްގެ ގޮތުގައި 350 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ.

އެ އެކަޑަމީއަށް ވަނުމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ފޮނަދޫގައި ހުންނަ ފޮނަދޫ ޔޫތު އެސޯސިއޭޝަންގެ މައި އިދާރާއާއި ފޮނަދޫ ހުދުވެލިންނާއި އަދި ކޮފީ ޕްރިންސް ރެސްޓޯރަންޓުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.