ޖެންޑަރ މިނިސްޓްރީން ގއ.އަތޮޅުގައި އޮރިއެންޓޭޝަން އަދި ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓް ގުޅިގެން ގއ.އަތޮޅުގައި ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތައް ގާއިމުކުރުމަށްޓަކައި އޮރިއެންޓޭޝަން އަދި ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ރަށްރަށުގައި ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ގއ.އަތޮޅުގައި ގާއިމުކުރާ ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތައް އަދާކުރުމަށްޓަކައި މެންބަރުން ބާރުވެރިކުރުވައި، ރަށު ފެންވަރުގައި އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމެވެ.

އިޝްތިހާރު Below Header ad

މި މަހުގެ 23އިން 25އަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ގއ.އަތޮޅުގެ 9 ރަށަކުން 44 މެންބަރުން ބައިވެރިވެފައިވެއެވެ. ސީ.އެސް.ޖީ އެކުލަވައިލަނީ ސޯޝަލް ވަރކަރުންގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލް، ޞިއްޙީ ދާއިރާ، ސްކޫލް، ފުލުހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މީހަކު ހިމަނައިގެންނެވެ.

ރަށު ފެންވަރުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށްޓަކައި، މިނިސްޓްރީން އިސްނަގައިގެން ސީ.އެސް.ޖީ އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ށ.އަތޮޅު، ބ.އަތޮޅު، ކ.އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ފަށައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.