ސީރިޔާގެ ޤޫޠާގައި އެއްރޭމަތިން 8 ފުރާނަ..

ސީރިޔާގެ ޤޫޠާގައި މުޅި ރެއަށް ދެމިގެންދިޔަ ޙަމަލާތަކުގައި އެގައުމުގެ 8 މީހުން ޝަހީދުވެއްޖެއެވެ.

އެސަރަަޙައްދުގައި  މިޙަމަލާތައް 24 ގަޑިއިރުވަންދެން ދިގު ދެމިގެންދިޔަކަމަށާއި، މިޙަމަލާގައި 8 މީހުން ޝަހީދުވެފައިވަނީ ބައްޝާރުގެ ސިފައިން  ޤޫޠާގެ އިރުުން އޮންނަ ދޫމާއަށް ދިން ވައިގެ ހަމަލާތަކެއްގައިކަމަށް  ސީރިއަން އޮބްސަވޭޓަރީ ފޯ ހިޔުމަން ރައިޓްސް އިން ވަނީ ހާމަކޮށްފައެވެ. އަދި އިތުރު 5ސް ސަރަޙައްދަށްވެސް ސީރިޔާގެ ސިފައިން ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް މީީޑިޔާއިންވަނީ ރިޕޯޓްކޮށްފައެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް، ސީރިޔާގެ ހަނގުރާމައިގައި ހަަކާތްތެރިވަމުން އަންނަ ފަރާތްތައް ރަޝިޔާގައި ވެފައިވާ އެއްބަސްވުމުގެ ދަށުން  ޤޫޠާއަކީ ޙަމަލާ ދިނުން މަނާ ސަރަޙައްދެކެވެ.

އިރުމަތީ ޤޫޠާއަކީ 2013ވަނަ އަހަރުން ފެށިގެން ސީރިޔާގެ ސިފައިން ޙިޞާރުކޮށްފައިވާ ސަރަޙައްދެކެވެ. އަދި ޙިޞާރުގެ ތެރޭގައި  އެގައުމުގެ 400،000 މީހުން ތާށިވެފައިވާއިރު، އެމީހުންވަނީ އަސާސީ އެންމެހާ ޚިދުމަތްތަކުން މަޙްރޫމްވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.