ސަޢުދީގައި ތިބި 2.5 މިލިޔަން ސީރިޔާގެ ރެފިޔުޖީންނާމެދު ސަޢުދީން ދެކެނީ ރެފިއުޖީންގެ ބަދަލުގައި އެއީ އެމީހުންގެ އަޚުންކަމުގަ

2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ މިއަދާހަމައަށް ސަޢުދީ ޢަރަބިޔާގައި ސީރިޔާގެ 2.5 މިލިޔަން ރެފިއުޖީން ދިރިއުޅެމުންދާއިރު އެމީހުންނާމެދު  ސަޢުދީ ޢަރަބިޔާއިން ދެކެނީ އެއީ ރެފިއުޖީންގެ ބަދަލުގައި އެއީ އެމީހުންގެ އަޚުން ކަމުގައި ކަމަށް ސަޢުދީ ޢަރަބިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސަޢުދީ ޢަރަބިޔާއިން ރެފިއުޖީންނާމެދު ނޭދެވޭގޮތަށް ސަޢުދީ ސަރުކާރުން ޢަމަލުކުރާކަމަށްބުނެ ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ބޭރުގެ ބައެއްފަރާތްތަކުން ފަތުރާ ޚަބަރު ތައް ދޮގުކޮށް ސަޢުދީ ޢަރަބިޔާގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނާގޮތުން ސަޢުދީ ޢަރަބިޔާގައި އުޅޭ ސީރިޔާގެ 2.5 މިލިޔަން ރެފިއުޖީންނާމެދު ސަޢުދީން ޢަމަލަލުކުރަނީ އެ ޤައުމުގައި ދިރިއުޅޭއެހެންވެސް ބިދޭސީންނާމެދި ޢަމަލުކުރާފައިދައިން އިޙްތިރާމާއެކުއެވެ.

ސީރިޔާގެ ރެފިޢުޖީން ދިރި އުޅެނީ ރެފިޢުޖީ ކޭމްޕުތަކުގެ ބަދަލުގައި ސަޢުދީ އަރަބިޔާގައި ދިރިއުޅޭ އެހެންވެސް ބިދޭސީން ފަދަ ދިރިއުޅުމެކެވެ. އެމީހުންނަށް ސަޢުދީ ޢަރަބިޔާގެ އެތެރޭގައި ދަތުރުކުރުމަށް އެއްވެސް ހުރަހެއްނެތްކަމަށާއި، އެމީހުން ބޭނުން ތަނަކަށް ގޮސް އައިސް އުޅުމެގެ އިޚްތިޔާރު ލިބިގެން ވާކަމަށްވެސް ސަޢުދީ ޢަރަބިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. ސީރިޔާގެ ރެފިޖީން ސަޢުދީގައި ތިބުމަށް ވިސާ ހަމަޖައްސައިދީ 2012 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ރެފިއުޖީންނަށް ސަޢުދީ ޢަރަބިޔާގެ ސުކޫލްތަކަށް ވަދެވޭނެ މަގުފަހިކޮށްދިނުމަށް ރިޔާސީޤަރާރެއް ސަޢުދީ ރަސްގެފާނުވަނީ ނެރުއްވާފައެވެ. މިޤަރާރާގުޅިގެން މިހާތަނަށް ސީރިޔާގެ 100000 ރެފިޔުޖީން ސަޢުދީ ޢަރަބިޔާގެ ސުކޫލްތަކުގައި ރަޖިސްޓްރީވެފައިވާ ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމީހުންނަށް ހިލޭބޭސްފަރުވާކުރެވޭނެގޮތް ސަޢުސީ ސަރުކާރުން ހަމަޖައްސައިދީފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ ސަޢުދީ ޢަރަބިޔާގައި އުޅޭ އެހެންބިދޭސީން ފަދައިން އަމިއްލަފަރާތްތަކުގައި ވަޒީފާ އަދާކުރުމުގެ ހުއްދަވެސް އެމީހުންނަވަނީ ސަޢުދީ ސަރުކާރުން ދީފައެވެ.

މިހާތަނަށް ސީރިޔާގެ ރެފިއުޖީންނަށް ސަޢުދީ ސަރުކާރުން 700 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ޚަރަދުކޮށްފައިވެއެވެ. އަދި ލުބުނާނާއި، ޢުރުދުންގައި ދިރިއުޅޭ ސީރިޔާގެ ރެފިއުޖީންނަށް އަންނައުނާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ އެހީ ސަޢުދީ  ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބޭރުގެ އެހެންމަސައްކަތްތެރިން އުޅޭނޫޅޭގޮތްބަލާ ފާސްކުރާ ފާސްކުރުމުން ސީރިޔާގެ ރެފިޔުޖީންނަށް ލުޔެއްދިނުމުގެ މަޤުސަދުގައި އެމީހުން ސަޢުދީ ޢަރަބިޔާގެ ލޭބަރ މިނިސްޓްރީން އިސްތިސްނާކޮށްފައިވާކަންވެސް ރިޕޯޓަގައި ފާހަގަކޮށްފައިވެއެވެ. ރިޔާދުގައި ދިރިއުޅޭ ސީރިޔާގެ ރައްޔިތެއްބުނާގޮތުން އޭނާ ސަޢުދީ ޢަރަބިޔާގައި އުޅޭތާ އަހަރުތަކެއްވެއްޖެކަމަށާ، އެމުއްދަތުގައި އެމީހުންނަށް ސަޢުދީ ސަރުކާރުންދަނީ އެތަކަކެއް އެހީތަކެއް ފޯރުކޮށްދެމުންނެވެ. ސަޢުދީގައި އޭނާދިރުއުޅޭތީ މާލީގޮތުންނާއި، ކުދިނަށް ކިޔަވައިދިނުމަށް ސަޢުދީގައި ލިބިފައިވާ ފަހިފުރުޞަތުތައް އޭނާ ފަހަގަކުރިއެވެ.

ސަޢުދީގައި އެމީހުންގެ ޢާއިލާތަކާއެކު ދިރިއުޅެމުންދާ ރައްޔިތިތުން ސަޢުދީ ސަރުކާރުން އެމީހުނަށް ވެދޭއެހީތެރިކަން ފާހަގަކުރާއިރު ،ސަޢުދީގައި ދިރިއުޅެމުންދާ ސީރިޔާގެ ރައްޔިތުންގެ ތަރޭގައި އެތަކެއް ހުނަރުވެރި މަސައްކަތްތެރިންނެއް ތިބުމުން އެމީހުންގެ ފައިދާ ސަޢުދީ ޢަރަބިޔާއަށް ދަނީކުރަމުންނެވެ.

މީގެ އިތުރަށް ޔަމަނުން ޤަވާޢިދާ ޚިލާފަށް ސަޢުދީ ޢަރަބިޔާއަށް އެތެރެވެފައިވާ މީހުން ސަޢުދީގައި އުޅުމަށް ޤަވާޢިދުން ހުއްދަދީ އެމީހުންނަށްވެސް އެމީހުންގެ ހުނަރާގުޅޭ މަސައްކަތެއްކުރުމުގެ ފުރުޞަތުދިނުމަށް ކަމާބެހޭ ފަރާތްތަކަށް ސަޢުދީ ރަސްގެފާނު ސަލްމާނުވަނީ ޢަމުރުކުރަށްވާފައެވެ.

ތެލުގެ އަގުދަށަށްދާ މިފަދަ ދުވަސްވަރެއްގައި އެތަކެއް ހުނަރުވެރި މަސައްކަތްތެރިންނެއް ސަޢުދީ ޢަރަބިޔާއަށް ލިބުމަކީ ކީރިތި ﷲ އެމީހުންނަށް ލެއްވި ރަޙުމަތެއްކަމުގައި ބައެއް ސަޢުދީ ރައްޔިތުން ދެކެއެވެ.

1 Comment on "ސަޢުދީގައި ތިބި 2.5 މިލިޔަން ސީރިޔާގެ ރެފިޔުޖީންނާމެދު ސަޢުދީން ދެކެނީ ރެފިއުޖީންގެ ބަދަލުގައި އެއީ އެމީހުންގެ އަޚުންކަމުގަ"

  1. މާޝާﷲ

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*