ޕީސްފައުންޑޭޝަނުން ދަޢުވަތުގެ މައިދާނަށް އިންޤީލާބެއް

ރޭ ޕީސް ފައުންޑޭޝަނުން ވިލިނގިލީ ބޯޅަދަނޑުގައި ބޭއްވި ޝައިޚް މުޙައްމަދު އަނިލްގެ އިވެންޓަކީ ތަފާތު ސްޓްއިލަކަށް ތަޢާރަފްކުރި އިވެންޓެކެވެ.

ދީނީ ނަޒަރަކުން އިޖްތިމާޢީ މައްސަލަތަކަށް ވެސް ޙައްލު ލިބިގެން ދިޔަ މި އިވެންޓްގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލީ “ނަމޫނާ އާއިލާއެއް” ބިނާ ކުރުމުގައި ދިމާވާ މައްސަލަތަކަށެވެ. މިގޮތުން އަނބިންގެ ވާހަކަޔާ ފިރިންގެ ވާހަކަޔާއި ދަރީންގެ ވާހަކައިގެ އިތުރުން ޒުވާނުންނަށްވެސް ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދިޔައެވެ.

އިޝްތިހާރު Below Header ad

އަދި މީގެ އިތުރުން އެ އިވެންޓަށް ވަޑައިގެން ތިއްބެވި ބޭފުނުންގެ މެދުގައި ވަރަށް މުހިންމު ސާރވޭ އެއްވެސް ވަނީ ކޮށްފައެވެ. މިކަން ވެސް ވެގެން ދިޔަޔީ ޕީސް ފައުޑޭޝަން އާއި ޢާންމުންނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަ ކަމަކަށެވެ. މިއީ މިގޮތަށް ރާއްޖޭގައި ކުރެވުނު ފުރަތަމަ ސާރވޭކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

އެކަހަލަ އިވެންޓްތަކަށް ވަޑައިގަންނަވާ ބެފުޅުންގެ ޚިޔާލު ބަލާ އެބޭބޭފުޅުންގެ ޚިޔާލާ އެއްގޮތަށް ދަރުސް ނުވަތަ އިވެންޓް ގެންދިއުމުން ހަމަގައިމުވެސް ގިނަ ބަޔަކަށް އެކަމުން ކުރާ ފައިދާ މިހާރަށްވުރެ އެތަށް ގުނައެއް އިތުރު ވެގެންދާނެކަން ކަށަވަރެވެ.

ނަމޫނާ ލިބިގަންނަންވީ ކޮން ގޮތަކުން ކިހިނެތްކަމާއި ކާކު ކައިރިންކަންވެސް ވަރަށް ފުރިހަމައަށް ބަޔާން ކޮށްދިނެވެ.

އަޅުގަނޑުމެންގެ ތެރޭގައި، ދެމަފިރިންގެ ދޭތެރޭގައި ޖެހޭ  ބައެއް މައްސަލަތަކުގެ ޙައްލު އަދި އެކަންކަން ކުރަންވީގޮތް ބަޔާންކޮށްދެއްވީ ރަސޫލާ صلى الله عليه وسلم ،ގެ ޙަޔާތްޕުޅުގައި ދިމާވި ބައެއް ޙާދިސާތަކުންނެވެ.
“މިކަހަލަ އަހަރުމެންގެ ދިރި އުޅުމާ ގުޅުވައިގެން ދަރުސްތައްވިޔަސް އިވެނޓވިޔަސް ބާއްވާނަމަ ވަރަށް ގިނަ ބަޔަކަށް ދިރި އުޅުން ފަސޭހަވާނެ، އެއްފަހަރު ހީވި އެދައްކަނީ މަގޭވާހަކަޔޭ” އިވެންޓައް ދިޔަ ދެބައި ޢުމުރުގެ މީހަކު ބުންޏެވެ.

ޝައިޚް އަނިލްގެ ސިއްޙަތު މާރަނޅުނޫންކަން ފާހަގަ ކުރެވުނެވެ. ނަމަވެސް ހިތްވަރާއެކު ދެގަޑިއެއްހާއިރު އިވެންޓު ކުރިއަށް ގެންގޮސްފައިވެއެވެ.

އަޅުގަނޑުމެން އެދެނީ ޝައިޚް އަނިލް އަށް އަވަސް ޝިފާއެއް ދެއްވާ، މި ޢަމަލަކީ ޝައިޚް އަނިލްގެ ކަނާތު ކޮނޑުގައި ލިޔުއްވާ ﷲ سبحانه وتعالى ޤަބޫލު ކުރައްވާ ޢަމަލެއްކަމުގައި ލެއްވުމެވެ. އަދި ޝައިޚްގެ ޢިލްމުގައި ބަރަކާތްލައްވާ މިކަމުގައި ޘާބިތުކަން ދެއްވުމެވެ.  آمين .

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން ފައިބެއަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން “ނަމޫނާ” ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި “ދަ ލެގަސީ” އަދި “ޕެބްލްސް ފެމެލީ ހަވީރު” ފާހަކަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.