ކުރުދީންނަށް ވާގިވެރިވަމުންދާ ހުރިހާ ފަރާތްތަކަކާ ދެކޮޅަށް ހަތިޔާރު އުފުލާނަން: ބަޚީރު ބަޒްދާޤު

ކުރުދީންނަށް ވާގިވެރިވަމުންދާ ހުރިހާ ފަރާތްތަކަކާ ދެކޮޅަށް ހަތިޔާރު އުފުލާނެކަމަށް ތުރުކީގެ ބޮޑު ވަޒީރުގެ ނަައިބު ބަޚީރު ބަޒްދާޤު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، ތުރުކީގެ ބޮޑުވަޒީރުގެ މި ބަސްތައް އަމާޒުކުރައްވާފައިވަނީ އަފްރިންގެ އިރުން 100 ކިލޮމީޓަރު ދުރުގައި އޮންނަ މަންބިޖުގަައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ 2000 އަސްކަަރީ ސިފައިންނަށް ކަމަށް މީީޑިޔާއިން ރިޕޯޓުކުރެއެވެ. ދާދިފަހުން މަންބިޖު މިިލިޓަރީ ކައުންސިލުގެ މެންބަރު ޝަރުފާން ދާވިޝް  ބައިނަލްއަޤްވާމީ ކޯލިޝަނުގެ ފަރާތުން ކުރުދީންނަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ބުނި ބުނުންވެގެންދިޔައީ، އެެމެރިކާއިން ކުރުދީންނާ ވާގިވެރިވަމުންދާކަމުގެ އިތުރު ހެއްކެއްގެ ގޮތުގައެވެ.

އިޝްތިހާރު Below Header ad

މަންބިޖުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ ޢަސްކަރީ ސިފައިންނަށް ނިސްބަތްކުރައްވާ  ބަޒްދާޤު އިތުރަށް ވިދާޅުވީ، އެމެރިކާއިން ތުރުކީއާ ކުރިމަތިލުމަކަށް ދިޔުމުން އެެއްކިބާވުމަށް ބޭނުންވާނަަމަ، މަންބިޖުގައި އުޅެމުންދާ އެމެރިކާގެ ސިފައިން ގެންގުޅެމުންދާ ކުރުދީންނާ ރައްޓެހި އޮޕަރޭޝަންތައް އަލުށް މުރާާޖަ ކުރަންޖެހޭކަމަށެވެ.

އެގައުމުގެ ބޮޑު ވަޒީރުގެ ނަައިބު މިފަދައިން ވިދާޅުވެފައިވާ މިދަނޑިވަޅަކީ، “އަފްރިން އޮޕަރޭޝަން”ގެ ނަމުގައި ކުރުދީންނާ ދެކޮޅަށް ތުރުކީވިލާތުން ހިންގަމުން އަންނަ ޚާއްޞަ އޮޕަރޭޝަނު ފުޅާކުރައްވާނޭކަން އެގައުމުގެ ރަޢީސް ރަޖަބު ޠައްޔިބު އުރުދުޣާން އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެކެވެ.

މިއޮޕަރޭޝަނާ ގުޅޭގޮތުން ކުރުދީންނަށް ނިސްބަތްކުރައްވާ  އުރުދުޣާން ވިދާޅުވެފައިވަނީ، އަފްރިންގައި ހަރަކާތްތެރިވަމުން އަންނަ “ޓެރަރިސްޓުން” އެކީގައިހެން ނައްތާލާ، ތުރުކީ ވިލާތުގައި ދިރިއުޅެމުން އަންނަ ސީރިޔާގެ  3.5 މިލިއަން ރެފިޔުޖީންނަށް އެނބުރި އާދެވޭފަދަ ރައްކާތެރި ތަނަކަށް އެސަރަޙައްދު ހަދަންޖެހޭކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.