އެއްޗެއް ގެއްލުނީމަ ކިހިނެތް ހަދަންވީ؟

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު

އެއްޗެއް ގެއްލިގެން އުޅޭ މީހާ ކިޔުމަށް އިބްނު އަބީޝައިބާ އެކަލޭގެފާނުގެ އަލްމުޞައްނަފްގައި އަދި އައްޠަބަރާނީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ. “އެމީހެއްގެ އެއްޗެއް ގެއްލިއްޖެ މީހާ ވުޟޫކޮށް ދެރަކްޢަތް ނަމާދެއް ކުރާށެވެ. އަދި އައްތަޙިއްޔާތަށް ފަހުގައި ކިޔާށެވެ.

“بِسْمِ اللهِ يَا هَادِيَ الضَّلَالِ وَرَادَّ الضَّالَّةِ اُرْدُدْ عَلَيَّ ضَالَّتِيْ بِعِزَّتِكَ وَسُلْطَانِكَ فَإِنَّهَا مِنْ عَطَائِكَ وَفَضْلِكَ”

އިޝްތިހާރު Below Header ad

މާނައަކީ: “ﷲ ގެ އިސްމުފުޅުން ފަށަމެވެ. މަގުގެއްލިފައިވާ މީހުންނަށް ހިދާޔަތް ދައްކަވާ އިލާހެވެ. އަދި ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެ ގޮތް މެދުވެރި ކޮށްދެއްވާ އިލާހެވެ. އިބަ ﷲ ގެ ޢިއްޒަތާއި ގަދަކީރިތި ވަންތަ ކަމާއި އެކު މިއަޅާގެ ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެ ގޮތް މެދުވެރި ކޮށް ދެއްވާފާންދޭވެ. ހަމަކަށަވަރުން، އެތަކެއްޗަކީ އިބަ ﷲ ގެ ދީލަތިވަންތަ ދެއްވުންތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.”

އިމާމް އަލްޙާކިމް ވިދާޅުވެފައިވެއެވެ. މި ޙަދީޘްގެ ރާވީންނަކީ މަދަނީ (މަދީނާ) ގެ އިތުބާރު ހިފޭ ބޭފުޅުންނެވެ. އެއިން އެއްވެސް ބޭފުޅަކާއި މެދުގައި ޖަރަޙައިގެ ބަހެއް އައިސްފައި ނުވެއެވެ. والله أعلم.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.