ތުރުކީއިން ސީރިޔާއަށް އެންގަމާއި ވައިގެ ޙަމަލާތަކެއް ދީފި

ސޫރިޔާއާ ތުރުކީއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އާފްރިން ނަމަކަށް ކިޔާ ރަށަށް ތުރުކީގެ އެއްގަމާއި ވައިގެ ސިފައިން ޙަމަލާ ދޭން ފަށައިފިއެވެ.

އާފްރިންއަކީ ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީންްގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ވައިޕީޖީގެ ބާރުގެ ދަށުގައިވާ ރަށެއް. އާފްރިން އިން ވައިޕީޖީ ނެރެލުމަށް ‘ އޮޕަރޭޝަން އޮލިވް ބްރާންޗް’ ގެ ނަމުގައި ތުރުކީން އަސްކަރީ ކެމްޕޭނެއް ފެށީ އިއްޔެއެވެ.

އިޝްތިހާރު Below Header ad

ތުރުކީގެ ޤައުމީ ނިއުސް އޭޖެންސީއާ ޙަވާލާދީ އަލް އަރަބިއްޔާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތުރުކީގެ ހަނގުރާމަމަތީ ޖެޓުތަކުން ވަނީ ސީރިޔާގެ އުތުރުން ދެކުނަށް އޮންނަ ކުރުދިޝް މިލިޓަރީގެ ބާރުގެ ދަށުގައިވާ މިލިޓަރީ އެއާޕޯޓަކަށް ބޮން އަޅާފައެވެ. ތުރުކީގެ ޖެޓްތަކުން ބޮން އަޅާފައި ވަނީ މަންނާޣް އެއާޕޯޓަށް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ތުރުކީގެ ވައިގެ ސިފައިިން އާފްރިންއަށް ބޮން އަޅަން ފެށުމާ އެކު ތުރުކީން މަދަދުދޭ ފްރީ ސީރިއަން އާމީ ( އެފްއެސްއޭ) ގެ ހަނގުރާމަވެރިން މިހާރު ވަނީ އެރަށަށް ވަންނަން މަސައްކަތް ފަށާފަ. އެފްއެސްއޭގެ އިތުރުން ތުރުކީގެ ބިމުގެ ލަޝްކަރުތައް ވެސް އެރަރަށް ދާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބިނާލޯ ޔިލްޑްރިމް ވަނީ ވިދާޅުވެފައެވެ.

ވައިޕީޖީއާ ދެކޮޅަށް ތުރުކީން ހަމަލާދޭން އުޅެން ފެށުމުން އެމެރިކާއިން ވަނީ އެކަމާ ދެކޮޅު ހަދާފަ އަދި ރަޝިޔާއިން ވެސް ބުނީ އެކަމާ ކަންބޮޑުވާ ކަމަށާއި އެހެން ނަމަވެސް އެކަމާ އަޅައި ނުލާނެ ކަމަށެވެ.

ތުރުކީން ތުހުމަތުކުރާ ގޮތުގައި ވައިޕީޖީއަކީ ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ކުރުދިސްތާން ވޯކާސް ޕާޓީ( ޕީކޭކޭ)އާ ގުޅިފައިވާ ޖަމާއަތެއް. ތުރުކީއާއި ސޫރިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކޮންޓްރޯލް އެމީހުންނަށް ލިބުމަކީ އެގައުމުގެ ސިޔާދަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.