ގަނޑުވެފައިވާ ސީރިޔާގެ 9 ރެފިއުޖީއެއްގެ ހަށިގަނދު ލުބަނާނުން ފެނިއްޖެ

ގަދަ ފިނީގެ ސަބަބުން ގަނޑުވެފައިވާ ސީރިޔާގެ 9 ރެފިއުޖީއެއްގެ ހަށިގަނޑު ލުބްނާންއިން ފެނިއްޖެއެވެ.

ލުބްނާންގެ އަސްކަރިއްޔާއާއި ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވާ ގޮތުގައި، މި ރެފިއުޖީންގެ ހަށިގަނޑު ފެނިފައި ވަނީ ލުބްނާން – ސީރިއާ ބޯޑަރު ސަރަހައްދުން ފަރުބަދަތައް މަތީގައެވެ.

އިޝްތިހާރު Below Header ad

އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގަނޑުވެފައިވާ ހަށިގަނޑުތައް ފެނިފައިވާ ސަރަހައްދަކީ އާއްމުކޮށް ސީރިއާއިން ލުބްނާނަށް ރެފިއުޖީން ސްމަގްލް ކޮށް ޤަވާއިދާ ޚިލާފަށް އެތެރެ ކުރުމަށް ބޭނުން ކުރާ ސަރަހައްދެއް ކަމަށް. އަދި ހަށިގަނޑުތައް ފެނިފައި ވަނީ މަސްނާ ސަރަހައްދަށް އައި ސްނޯގެ ތޫފާނަކަށް ފަހު ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ގަނޑުވެފައިވާ މި މީހުންގެ އިތުރުން ސީރިއާގެ 6 ރެފިއުޖީއެއް އެ ސަރަހައްދުން ސަލާމަތް ކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް އޭގެން އެކަކު ގަނޑުވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދުނިޔެ ދޫކޮށްފައިވާ ކަމަށްވެސް އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވޭ. އަދި އިތުރު ރެފިއުޖީން ހޯދުމުގެ މަސައްކަތް ވެސް އަސްކަރިއްޔާއިން ކުރަމުން އަންނަ ކަމަށް ބުނެފައިވެވެ.

ފެނިފައިވާ ހަށިތަކަކީ ކޮންބައެއްގެ ހަށިތަކެއްކަން އެންގޭގޮތް ވެފައެއް ނުވޭ، އެހެންނަމަވެސް ގަނޑުވެފައިވާ ރެފިއުޖީންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭކަމަށް އަސްކަރިއްޔާއިން ވަނި ބުނެފައެވެ.

ފިނިމޫސުމުގައި ސްނޯގެ ތޫފާނެއް އައި މި ސަރަހައްދުން އަތުލައިގަތް މީހުންގެ ތެރެއިން ސީރިޔާގެ 2 މީހަކު ޤަވާއިދާ ޚިލާފަށް ލުބްނާނަށް މީހުން ސްމަގްލް ކުރުމުގެ ތުހުމަތުގައި ޙައްޔަރު ކޮށްފައިވާ ކަމަށްވެސް ލުބްނާންގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެވެ.

ސީރިޔާގައި މީގެ އަހަރުތަކެއް ކުރީއްސުރެ ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ އެތައް ބަޔަކު ދަނީ ސީރިޔާގެ ބޯޑަރު ހިމެނޭ އަވައްޓެރި ޤައުމުތަކަށް އެތެރެ ވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.