ބ. މާޅޮހުގެ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ފާރިޢު
ބ. މާޅޮހު ސްކޫލުގެ ފާއިތުވި އަހަރުގެ އެންމެމޮޅު ދަރިވަރަކަށް އެރަަށު ބާދަލް، ފާރިޢު އަފްރާޙް ހޮވައިފިއެވެ.
އެ ސްކޫލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ޙަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ލީގަލް އޮފިސަރ މުޙައްމަދު ޙަނީފުއެވެ.
ފާރިޢު އެރަށު ސްކޫލުގައި ހޭދަކުރި 10 އަހަރުގެ ތަޢުލީމީ ހަޔާތުގައި ކޮންމެ ޓާރމެއްގައިވެސް ކޮމެންޑެޑް ހޯދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން ފާރިޢު ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައިވެސް ރާއްޖެ ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ހޯދާފައެވެ.
އެގޮތުން އޯލެވެލްގެ ހުރިހާ މާއްދާއެއްގައި ބައިވެރިވެ، އިނގިރޭސި ފިޔަވައި ހުރިހާ މާއްދާއަކުން އޭ ސްޓާރ އަދި އިނގިރޭސިން އޭ ފާސް ހޯދާފައެވެ.
އަދި ކޮމާރސް މާއްދާއިން މުޅި ރާއްޖެއިން 1ވަނަ އަދި މުޅި ދުނިޔެއިން 6ވަނަ ވަނީ ހޯދާފައެވެ.