ސަޢުދީގެ ކޯލިޝަނުންދަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ޚިލާފުވަމުން: ހިޔުމަން ރައިޓްސް

ސަޢުދީ ކޯލިޝަނުންވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ޚިލާފުވެފައިވާކަމަށް ހިޔުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

ސަޢުދީ ކޯލިޝަނުންވަނީ، ހަނގުރާމައިން ބޭރުން ޔަމަނުގެ ސިޔާސީ މަޝްރަޙު ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށް ވަކާލާތުކަރަމުންދާ  އެގައުމުގެ ސިޔާސީ ފަރާތްތައްވެސް ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފަކަމަށް އެޖަމާޢަތުން ޢާއްމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވެވެއެ.

އިޝްތިހާރު Below Header ad

މިރިޕޯޓުގައިވަނި ޙޫޘީންގެ ހަނގުރާމަވެރިންނަށްކަމަށް ބުނެ ކޯލިޝަނުން ދީފައިވާ 87 ޣަައިރު ޤާނޫނީ ޙަމަލާ ފާހަގަކޮށްފައެވެ. މިޙަމަލާތަކުގައިވަނީ 1000ށް ވުރެން ގިނަ ޔަމަނުގެ ކުށެއްނެތް ޢާއްމު ރައްޔިތުން ޝަހީދުވެފައެވެ.

ޔަމަނުގެ ބޮޑު ބައެއް ވަނީ ޙޫޘީންގެ ބާރުގެ ދަށުގައިކަމަށްވާޢިރު، ޙޫޘީންގެ ބާރު ނައްތާލުމަށްޓަކައި އެމެރިކާއާ އިނގެރޭސިވިލާތުގެ އެހީގައި ސަޢުދީއިންދަނީ 2015ވަނަ އަހަރުން ފެށިގެން  ޙޫޘީން ބަލިކުރުމަށްޓަަކައި އެގައުމުގައި ހަރަކާތްތެރިވަމުންނެވެ.

ޔަމަނަކީ މެދުއިރުމަތީގައި އޮތް އެންމެ ފަޤީރު ޤައުމުގެ ކަމުގައިވާއިރު، އެގައުމުގެ ރައްޔިތުން ދިޔައީ ހަނގުރާމައިގެ ކުރިންވެސް ދަތި އުނދަގޫތައް ތަޙައްމަލުކުރަމުންނެވެ.

ނަމަވެސް މިހަނގުރާމަގެ ސަބަބުން ޔަމަނުގެ ރައްޔިތުން އުފަލަންޖެހުނު ތަކުލީފުތައް އެތައް ގުނަޔަކަށް ވަނީ އިތުރުވެފައެވެ. މިގޮތުން އެގައުމުގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި މިހާތަނަށް  10000 މީހުން ޝަހީދުވެފައިވާއިރު، އެތައް މިލިއަން މީހުންގެ ގެދޮރުގެއްލި، ޞިއްޙީ ޚިދުމަތްތައް ލިބުމުން އެގައުމުގެ ރައްޔިތުން ވަނީ  މުޅިން މަޙުރޫމުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.