ޕާކިސްތާނުގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަރު މަރާލައިރި

ޕާކިސްތާނުގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފިއެވެ.

އެގައުމުގެ ހުޅަނގުއުތުރުން އޮންނަ  މަރުދާން ޝަހަރުގައި ރަހުމު ކުޑަގޮތަކަށް މިފަހަރު ޝަހީދުކޮށްލާފައިވަނީ  އުމުުރުން އެންމެ 4 އަަހަރުގެ ތުއްތު ކުއްޖެއް.  މިކުއްޖާ ގެއްލިގެން ހޯދަނިކޮށް ފެނުނީ އުއްދަނޑި ހައްދާފައިހުރި ސަރަޙައްދެއްގައި މަރާލުމަށްފަހު އެއްލާލާފައި އޮތްވާކަމަށް  މީޑިޔާއިން ރިޕޯޓްކުރެއެވެ.

އިޝްތިހާރު Below Header ad

މިތުއްތުކުއްޖާ މަރާލުމުގެ ކުރިން ރޭޕްކޮށްފައިވާކަން އެކުއްޖާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާކަމަށް ޖަންދާޕަރު ގުއްޖާރު ގަރްހީ ޑިސްޓްރިކްޓްގެ މޭޔަަރު ހިމާޔަތުﷲ މާޔާއާ ހަވާލާދީ މީޑީޔާއިން ރިޕޯޓްކުރެއެވެ.

މީގެ އިތުރުން، މިކުއްޖާ ނިސްބަތްވަނީ ވަރަށް ފަގީރު އާއިލާއަކަށްކަމަށާއި، މިޙާދިސާ ހިނގިއިރުވެސް އެކުއްޖާގެ ހުރީ ސަޢުދީ އަރަބިއްޔާގައި ލޭބަރެއްގެ ގޮތުގައި މަސައްކަތްކުރަމަށް ގޮސްކަމަށް މާޔާވަނީ ހާމަކުރައްވާފައެވެ.

ޕާކިސްތާނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޢާއްމުކަމަކަށް ވެފައިވާއިރު، ދާދިފަހުންވެސް 7 އަހަރުގެ ކުޑަކުއްޖެއް ގެއްލިގެން ހޯދަނިކޮށް ފެނިފައިވަނީ ރޭޕްކުރުމަށްފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮތް އެކުއްޖާ ފުރާނެއްނެތް ހަށިގަނޑެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.