އެމެރިކާއިން ފަލަޞްޠީނުގެ ރެފިޔުޖީންނަށް ދިނުމަށް ހަމަޖެހިފައިވާ އެހީގެ %50 ކަނޑާލައިފި

އެމެރިކާއިން ފަލަޞްޠީނުގެ ރެފިޔުޖީންނަށް ދިނުމަށް ނިންމާފައިވާ އެހީގެ 50 އިންސައްތަ ނުދިނުމަށް ނިންމައިފިއެވެ.

ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޯ ފަލަސްތީނިއަން ރެފިޔުޖީސް (ޔޫ..އެން.އާރް.ޑަބްލިޔު) މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގަ ޖެހިފައިވާ ރެފިޔުޖީންނަށް ދިނުމަށް ނިންމާފައިވާ 125 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން، 65 މިލިއަން ޑޮލަރު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވަނީ ބުނެފަ. އަދި  މިފައިސާ ދޫކުުރުން ބިނާވަނީ މުސްތަޤްބަލުގައި ހިނގާނެ ކަންކަމުގެ މައްޗަށްކަމަށް، އެއިދާރާގެ ތަރުޖަމާން ހީތަރ ނޯޓް ބުނެފައިވެ.

އިޝްތިހާރު Below Header ad


އެހެންކަމުން،  އެމެރިކާއިން ދެމުން އަންނަ އެހީ (ޔޫ..އެން.އާރް.ޑަބްލިޔު) އިން ރެފިޔުޖީންނަށް ފޯރުކޮށްދެމުން އަންނަ އެހީގެ 30 އިންސައްތަ ހިއްސާކުރާއިރު، އެމެރިކާގެ މިނިންމުން ވެގެންދާނީ އެޖަމާޢަތަށް ކުރިމަތިވެގެންދާނެ ވަަރަށް ބޮޑު ގޮންޖެހުމަކަށްކަމަށް މީޑީޔާއިން ރިޕޯޓްކުރެއެވެ.

(ޔޫ..އެން.އާރް.ޑަބްލިޔު)އަކީ 70 އަށްވުރެން  ގިނަ އަހަރު ވަންދެން އެޖަމާޢަތުގައި ރަޖިސްޓްރީވެފައިވާ ފަލަޞްޠީނުގެ 5 މިލިއަނަށްވުރެން ގިނަ ރެފިޔުޖީންނަށް ދިރިހުުރުމުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމާޢަތެކެވެ. މިގޮތުން، އެޖަމާޢަތުންވަނީ ފަލަޞްޠީނުގެ ރެފިޔުޖީންނަށް ކާބޯ ތަކެއްޗާއި، ތަޢުލީމާއި، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.