ޤިޔާމަތް ދުވަހުން ދަތި އުނދަގޫތަކުން ސަލާމަތް ވުމަށް..

ދުނިޔޭގައި ދަތި އުނދަގޫތަކުން މީސްތަކުން ސަލާމަތްކޮށްދިނުމަކީ ޤިޔާމަތް ދުވަހުން އެދުވަހުގެ ދަތި އުނދަގޫތަކުން ތިބާ ސަލާމަތްވާނޭކަމެކެވެ.

ތިބާއަށް ކުޑަކަމަކަށް ވިޔަސް އެކަން ރައްދުވާ ފަރާތަށް އެއީ ވަރަށްބޮޑު ކަމަކަށް ވެދާނެއެވެ. ކުޑަ ކަމެކޭ ހިތާ ނުވަތަ އެކަމަކީ އަދި އެމީހަކަމާބޮޑުކަމަކަށް ނުވެދާނޭ ހިތާ މީހަކަށް ދަތިވެފައިވާ ކަމެއް ދޫކޮށް ނުލާށެވެ. އެކި މީހުނަށް ބޭނުން ޖެހެނީ އެކި ކަންކަމެވެ. އެކި ވަރަށެވެ. އެކި ޙާލަތްތަކުގައެވެ.

އިޝްތިހާރު Below Header ad

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

“مَنْ سَرَّهُ أَنْ يُنْجِيَهُ اللهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ”  – رواه مسلم ‘

މާނަ: “ޤިޔާމަތްދުވަހުގެ ތުރާތަކުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކު ސަލާމަތްކޮށްދެވުމަށް އެދޭ މީހާ، ފަހެ ދަތިޙާލުގައި އުޅޭ މީހަކަށް އެހީތެރިވެ ފަސޭހަކޮށްދޭށެވެ. ނުވަތަ އެކަމެއް އެމީހަކާ ދުރުކޮށްދޭށެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ عَنْهُ أَظَلَّهُ اللهُ فِيْ ظِلِّهِ” – رواه مسلم

މާނަ: “ނިކަމެއްޗަކު ނަގާފައިވާ ދަރަންޏެއް ފަސްކޮށްދީ ނުވަތަ އެދަރަނި މަޢާފުކޮށްދީފި މީހަކު (ޤިޔާމަތްދުވަހުން) ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ހިޔާވަހިކަމުން އެމީހަކަށް ހިޔާވަހިކަން ދެއްވާނެތެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.