ޕީސް ފައުންޑޭޝަންގެ ދަޢުވަތު ތަފާތުވަނީީ ކީއްވެ؟

ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަށް ފުޅާދާއިރާއެއްގައި ފަތުރަމުން، ކުރިއަރުވަމުން އަންނަ ޕީސްފައުންޑޭޝަންގެ ދަޢުވަތު މިހާރުވަނީ މުޅިން އާ ޒަމާނީ މިސްރާބަކަށް ޖަހާފައެވެ.

ވަރަށް ހަލުވި ދުވެއްޔެއްގައި ގިނަ ބައެއްގެ އިތުބާރު ހޯދަމުން އަންނަ ޕީސްފައުންޑޭޝަނުން ރާއްޖޭން ބޭރުން ގެންނަ ދީނީ ޢިލްމުވެރިން މެދުވެރިކޮށްވެސް ތަފާތު ގޮތަކަށް ދަޢުވަތު ދެއެވެ. ދަރުސް ތަކުގެ އިޝްތިހާރާއި މައުލޫތައްވެސް މުޖްތަމަޢުގައި ހިނގާ ކަންކަމާ ވަރަށްބޮޑަށް ގުޅުވާލާފައިވެއެވެ.

އިޝްތިހާރު Below Header ad

“ޕީސްފއުޑޭޝަނުން އަހަރުން ރަށުގަވެސް ވަރަށް ސަޅި ވޯކްޝޯޕެއް ޖެއްސި އޭގެ ފައިދާ މިހާރުވެސް އެބަކުރޭ އެމީހުން ގެންގުޅޭ ގޮތް ވަރަށް ސަޅި” އަތޮޅުތެރޭ ހިންގި ޕްރޮގްރާމެއްގެ ބައިވެރިއަކު ބުންޏެވެ.

ޕީސްފައުންޑޭޝަނުން މިހާރު ތައްޔާރުވަމުން ދަނީ ޝައިޚް މުޙައްމަދު އަނިލްގެ އިވެންޓަކަށެވެ. އެ އިވެންޓް ބޭވުމަށް ހަމަޖެހިފައިވަނީ 26 ޑިސެންބަރު 2018 ވާ ހުކުރު ދުވަހުގެ ރޭ ވިލިނގިލީ ބޯޅަ ދަނޑުގަ 8:45 ގައެވެ.

ސޯސަލް މީޑިއާގައި ދައުރުވާ ޕޯސްޓަރ ތަކެއްގެ ސަބަބުން ސުވާލު އުފެދުނެވެ. އެއް ތާރީޚެއްގައި އެއްތަނެއްގައި އެއްވަޤުތެއްގައި އެއް ޝޭޚަކު އެކި މައުލޫތަކަށް ދަރުސް ދޭނީ ކިހިނެތް ހެއްޔެވެ.

” އަޅުގަނޑުމެން އެބަޖެހޭ މިސްކިތުގައި ދަރުސް ދިނުމުގެ އިތުރުން ޢާންމުންގެ ތެރެއަށް ވެސް ނިކުން ނަން އެމީހުންގެ ކަންބޮޑުވުމާވެސް ގުޅެގޮތަށް ކަންކަން ރާވަން، ހުރިހާ ކްރައުޑަކަށްވެސް އަމާޒުކުރަން، އެހެންވީމަ ދައުވަތުގެ މައިދާނަށް ތަފާތުތަކެެއް ގެނެސް ގެން މިކަން ވާނީ، އަބަދު އެއްކޮފީން އިން އަނެއް ކޮފީއަށް، ގެޔަށް ވަންނަތަނުން ޝަކުވާ ބޮނޑިއެއް.. މި ހަމަ އެއް އިވެންޓެއް، އެއިވެންޓުގައި ހިމެނޭ އެކި އެކި ބައިތަށް އެ އަންނަނީ އަދި ވެސް ކުރިއަށް އެބަހުރި، ”  އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީސްފައުންޑޭޝަންގެ ރައިސް މުޙައްމަދު ނަޞްރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް މި އިވެންޓްގައި އިސް ރޯލއް އަދާކުރައްވާ އައްޝައިޚް މުޙައްމަދު އަނިލް އާ ވާހަކަ ދައްކާލީމެވެ.

ޝައިޚް ވިދާޅުވަނީ މިއީ ކޮންމެ ދެމަފިރިއަކަށް ވަރަށް މުހިންމު އިވެންޓެއްކަމުގައެވެ.  “އަޅުގަނޑުމެންގެ މި މުޖްތަމުޢުއަށް މިހާރު އެންމެ ރަނގަޅި ހަމަ އެކަނި ޤުރްއާންގެ އާޔަތާ ރަސޫލާގެ ޙަދީޘް ކިޔާފަ އޭގެ މާނަ ކިޔުމަށް ވުރެ ބޮޑަށް އެބައިވެސް ހިމަނައިގެން ކޮންމެވެސް ވަރަކަށް ޢަމަލުން ނުވަތަ މަންޒަރު ފެންނަ ގޮތަށް، އެތާ ތިބޭއިރުވެސް ދައްކާ ވާހަކައާއި ފެންނަ މަންޒަރު ވެސް އިޙްސާސް ކުރެވޭ ފަދަ ގޮތަކަށް މި އިވެންޓް ގެންދިއުން، ދަރުސް އެއް ގޮތަށް ނަން އޮތްކަމުގައި ވިޔަސް މި އިވެންޓް ގެންދުއުމަށް ރާވާފައި އޮތީ އެރޭ އެތަނަށް ވަޑައިގެން ތިއްބަވާ މީހުންނާ ވަރަށް ބޮޑަށް ގުޅިގެން ސައިކޮލޮޖީ ފިލާވަޓުތެކެއްވެސް ހިމެނޭގޮތަށް، އަދި އަލަށް ކައިވެނި ކުރަން ގަސްތު ކުރާ ޒުވާނުންނަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ވެސް ހުންނާނެ ” ޝައިޚް އަނިލް ވިދާޅުވިއެވެ.

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން “ނަމޫނާ” ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި “ދަ ލެގަސީ” އަދި “ޕެބްލްސް ފެމެލީ ހަވީރު” ފާހަކަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.