ތުއްތު ކުއްޖެއް މަރާލުމާއި ގުޅިގެން ޕާކިސްތާނުގައި މުޒާހަރާކުރަނީ

ޕާކިސްތާނުގައި 7 އަހަރުގެ ތުއްތު ކުއްޖެއް ވަރަށް އަނިޔާވެރި ގޮތެއްގައި މަރާލުމާއި ގުޅިގެން އެގައުމުގައި ގިނަ ޢަދަދެއްގެ މީހުން މުޒާހަރާކުރަމުން އެބަދެއެވެ.

އެގައުމުގެ ހުޅަނގު އުތުރުގައި އޮންނަ ކާސޫރު ސަރަޙައްދުގައި ހުންނަ ކުނި ގޮނޑެއްގައި މަރާާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ޒައިނަބު އެންމެފަހުން ފެނިފައިވަނީ ގެއިން ޓިޔުޝަނަށް ދިޔަ މަގުމަތީގައިކަމަށް މީޑީޔާއިން ރިޕޯޓްކުރެއެވެ.

އިޝްތިހާރު Below Header ad

މިހިތާމަވެރި ޙާދިސާ ހިނގާފައިވަނީ ޒައިނަބުގެ މައިންބަފައިން އުމްރާވުމަށް ސަޢުދީ އަރަބިއްޔާގައި ތިއްބާ ކަމަށްވާއިރު، އެމީހުންނަށް އެނބުރި ޕާކިސްތާނަށް އާދެވިފައިވަނީ ޒައިނަބުގެ ޖަނާޒާ ނިމުނުތާ އެތައް ގަޑިއިރެއްވީފަހުން.  މިގޮތުން، ޒައިނަބު ބައްޕަ ބުނެފައިވާގޮތުގައި އޭނާގެ ދަރިފުޅު ގެއްލުމުން ތިމާގެ މީހުން ރިޕޯޓްކުރިމަށާއި، ނަމަވެސް އެފަރާތުން އެއްވެސްވަރަކަށް އަޅާލާފައިނުވާކަމަށް ބުނެފައިވޭ. އަދި ޕާކިސްތާނުގައި ހުރިހާ ރައްކާތެރިކަމެއް ލިބިގެންދަނީ ވެރިންނަށް ކަމަށާއި ޢާއްމުންނަށް އެއްވެސް ރައްކާތެރިކަމެެއް ނެތްކަމަށްވެސް އަންޞާރީ ބުނި. މީގެ އިތުރުން ޒައިނަބު މަންމަވަނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދާދިނުމަށް ގޮވާލާފައެވެ.

ޒައިނަބުގެ މައިންބަފައިންގެ ވާހަކަތަކަށް ފަހު އެގައުމުގައި މުޒާހަރާކުރަމުން ދާއިރު، މިހަމަނުޖެހުންތަކުގައި 2 މީހުން މަރުވެ  އެތައް ބަޔަކުވަނީ ޒަޚަމްވެފައިވޭ.

އަދި އެކުއްޖާ މަރާލެވިފައިވާތާ 5 ދުވަސް ވެފައިވާކަމަށާއި، ޒައިނަބު މަރާލުމުގެ ކުރިން އެތައް ފަހަރަކު ރޭޕްކުރެވިފައިވާ ކަމުގައި، އޮޓޮޕްސީ ރިޕޯޓްތަކުން ދައްކާކަމަށް ޕާކިސްތާނުގެ ޕޮލިސް ޗީފް  ޒުލްފިގާރު އަހުމަދު ވިދާޅުވެފައިވެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.