ޔަމަނުގައި ހުންނަ އަލްޖަޒީރާ ނިއުސް އޭޖެންސީގެ އޮފީސްތައް ގަދަކަމުން ބަންދުކޮށްފި

ޔަމަނުގެ ދެކުނުން އޮންނަ ޠާއިޟް ޝަހަރުގައި ހުންނަ އަލްޖަޒީރާ ނިއުސް އޭޖެންސީގެ އޮފީސްތައް ގަދަކަމުން ބަންދުކޮށްފިއެވެ

ޔަމަނުގެ އަސްކަރިއްޔާއިން އަލްޖަޒީރާއަށް ނިސްބަތްވާ ޢިމާރާތްތައް ބަންދުކޮށްފައިވާއިރު،  އެތަންތަން ބަންދުކުރި ސަބަބު ސިފައިން ހާމަކޮށްފައި ނުވާކަމަށް އެއޭޖެންސީއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އިޝްތިހާރު Below Header ad

އަލް ޖަޒީރާއިންވަނީ ޔަމަނު އިސްކަރިއްޔާގެ މިނިންމުން އަނބުރާ ގެންދިޔުމަށާއި، މީޑީޔާއާއި މެދު ވީހާވެސަް ޒިންމާދާރު ގޮތެއްގައި ޢަމަލުތައް ބެހެއްޓުމަށް ޔަމަނުގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ. ޔަމަނުގައި  ހަރަކާތްތެރިވުމުގައި އަލް ޖަޒީރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ. މިގޮތުން މިދިޔަ އަހަރު ފަހުކޮޅު އެއޭޖެންސީގެ 2 ނޫސްވެރިން ރަހީނުކޮށްފައިވެވެ.

ހަނގުރާމައިގެ މައިދާނަަކަށްވެފައިވާ ޔަމަނަކީ މީޑިޔާތަކަށް ހަރަކާތްތެރިވުމަށް އޮތް އެންމެ ނުރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓު (އައި.އެފް.ޖޭ)އިންވެސް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިދިޔަ މަހު ޙޫޘީން “އަލް ޔޫމް ޗެނަލް”ގެ ޢިމާރާތުގެ ތެރެއަށް ވަދެ އެތަނުގެ ތެރޭގައި ތިބި މުވައްޒަފުން ރަހީނުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.